ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ރައީސްކަމުގެ މަގާމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކުރިމަތިލައްވައިފިއެވެ.
ޕީއެންއެފްގެ އިސް މަގާމުތަކަށް ހުޅުވާލި މުއްދަތު އިއްޔެ ހަވީރު 6:00 އަށް ހުޅުވާލި އިރު، ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވީ ވެސް ހަމައެކަނި ރައީސް ޔާމީނެވެ.
ރައީސްކަމުގެ މަގާމުގެ އިތުރުން ވެސް، ޕީއެންއެފްގެ އިސް ގިނަ މަގާމުތަކަށް ކުރިމަތިލެއްވީ އިންތިހާބުކުރަން ޖެހޭ އަދަދަށެވެ. އެގޮތުން ދެ ނައިބު ރައީސުންގެ މަގާމަށް ރައީސް ޔާމީންގެ ސަރުކާރުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ރައީސް ޔާމީންގެ ދަރިކަލުން އަދި ޕާޓީގެ މުއައްސިސް ޒެއިން އަބްދުﷲ ޔާމީން ކުރިމަތިލެއްވި އިރު، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވީ މިހާރުވެސް އެ މަގާމު އަދާކުރައްވާ މުހައްމަދު މަލީހު ޖަމާލެވެ.
ޕީއެންއެފްގެ ގައުމީ ޖަލްސާ މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އެ ޖަލްސާގައި މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ރައީސްކަމަށް އެއް ބޭފުޅަކު، ނައިބު ރައީސުންނަށް ދެ ބޭފުޅުން، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެއް ބޭފުޅަކު، ރަޖިސްޓްރާގެ މަގާމަށް އެއް ބޭފުޅަކު، ހަޒާންދާރުގެ މަގާމަށް އެއް ބޭފުޅަކު އަދި ސެނެޓް މެންބަރުންނަށް 14 ބޭފުޅުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންއެފް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ.




ގުޅުންހުރި
ޕީއެންސީ މަޖިލިސް މެންބަރުންގެ ނަފުސުގެ އިއްޒަތެއް، ކަރާމާތެއް ނެތް: ޔާމީން
މި ސަރުކާރު ވައްޓާލެވޭނެ ވަރުގެ ފަނިތައް ވިހާނީ ޕީއެންއެފްގެ ހާލުން: ޔާމީން
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
މީ ވައްކަންކުރާ ސަރުކާރެއް، ކުރީ ސަރުކާރުގެ މައްސަލަތައް ނުބަލަނީ އެހެންވެގެން: ޔާމީން
ޔާމީންގެ ޕީއެންއެފް ރަޖިސްޓްރީކޮށް ދީފި
ޕީއެންއެފް ބައެއް މީހުން ރައީސް އަޒުލުކުރަން ބޭނުންވިޔަސް އެކަމަށް ތާއީދު ނުކުރައްވަން: