އައްޑޫ ސިޓީގައި ވަކިވަކި ކައުންސިލުތައް ހަދަން ފެނޭތޯ ނެގި ވޯޓުގައި ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން އެ ރަށު ރައްޔިތުން ބޭނުންނުވި އިރު، ހުޅުދޫ އާއި މީދޫން ވަކި ކައުންސިލެއް ބޭނުންވާ ކަމަށް ނިންމައިފިއެވެ.
މިއަދު ނެގި އެ ވޯޓުގައި ހުޅުދޫ އާއި މީދޫ ރައްޔިތުން ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ނިންމީ ވޯޓުލީ ބޮޑު އިންސައްތައެއްގެ މީހުންގެ ވޯޓާއެކުއެވެ. އަދި ފޭދޫން ވެސް ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް ނިންމީ ވޯޓުލީ ބޮޑު އިންސައްތައެއްގެ މީހުންގެ ވޯޓާއެކުއެވެ.
ހުޅުދޫގެ ހަ ފޮއްޓަށް ބަލައިލާ އިރު، އެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 720 މީހަކު ވަނީ ވޯޓުދީފައެވެ. އެއީ 67.29 ޕަސަންޓު މީހުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދިނީ 325 މީހުންނެވެ. އެއީ 30.37 ޕަސަންޓު މީހުންނެވެ.
މީދޫގެ ހަތަރު ފޮއްޓަށް ބަލައިލާ އިރު، އެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 841 މީހަކު ވަނީ ވޯޓުދީފައެވެ. އެއީ 83.93 ޕަސަންޓު މީހުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދިނީ 144 މީހުންނެވެ. އެއީ 14.37 ޕަސަންޓު މީހުންނެވެ.
ފޭދޫގެ އަށް ފޮއްޓަށް ބަލައިލާ އިރު، އެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1782 މީހަކު ވަނީ ވޯޓުދީފައެވެ. އެއީ 73.61 ޕަސަންޓު މީހުންނެވެ. އަދި ފެންނަ ކަމަށް ވޯޓު ދިނީ 615 މީހުންނެވެ. އެއީ 25.40 ޕަސަންޓު މީހުންނެވެ.
ވޯޓުލުމުގެ ހައްގު 9،721 މީހަކަށް ލިބިފައިވީ ނަމަވެސް، މި ވޯޓުގައި ގިނަ ބަޔަކު ވޯޓުލާން ނުކުމެފައެއް ނުވެއެވެ.




ގުޅުންހުރި
ދަރިވަރެއްގެ ކަރުގައި ހިފައި، ހަމަލާދިން ޓީޗަރެއްގެ މައްސަލަ ފުލުހަށް
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
އައްޑޫ ޑްރަގު ނެޓްވޯކުން ހައްޔަރުކުރި ބޮޑުންގެ ވަނަވަރު ހާމަކޮށްފި، ނަދީމް ހިމެނޭ
ކައުންސިލް އިންތިހާބު އޭޕްރީލް 4 ގައި