ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓައި، އެ ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި ވިޔަފާރިވެރިޔާ ދިގަލި މުހައްމަދު ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލައާ ގުޅިގެން އިއްޔެގެ ވަގުތެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ނޫރަލީގެ / ހދ. ވައިކަރަދޫ، އަހުމަދު ޝަހީމް (42އ) އާއި ޗާނދަނީގެ / ސ.ހިތަދޫ، ހުސައިން ސާމިހު (35އ) އަދި ހ. ރުމޭނިޔާ / މާލެ، އަހުމަދު ފިރުސާން (35އ) އެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަހުމަދު ޝަހީމާއި ހުސައިން ސާމިހު ހަތް ދުވަހަށް ބަންދު ކުރުމަށް އަދި އަހުމަދު ފިރުސާން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި މީހުންގެ ތެރެއިން ދިގަލި ވަހީދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރީ ހަތަރު މީހެކެވެ. އެއީ މއ. އެވާ ގްލޯރީ، ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ބ. އޭދަފުށީ، ދިގަލި، ވިޔަފާރިވެރިޔާ ދިގަލި މުހައްމަދު ވަހީދުގެ އިތުރުން ހ. ނިއު ހެޕިނަސް، މުއާޒު އަލީ އަދި ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާއިލްއެވެ.
އޭގެ ފަހުން ފުލުހުން ހައްޔަރުކުރީ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން (52އ) އާއި ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު (54އ) އެވެ. އެ މައްސަލައިގައި މިހާތަނަށް ވަނީ ޖުމުލަ ނުވަ މީހަކު ހައްޔަރުކޮށްފައެވެ.
ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރެޓް ގެއްލުނީ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ހުއްޓައެވެ. ގެއްލުނު ކޮންޓެއިނަރުގައި 13.6 މިލިއަން ސިނގިރޭޓް ހުއްޓެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.




ގުޅުންހުރި
މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަނީ
އައްޑޫގައި މަރުވި ދެމަފިރިންގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި، ޖަނާޒާ މިއަދު
ސިނގިރޭޓު ވައްކަން: ހަވަނަ މީހަކަށް ހައްޔަރުކުރީ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން!
ސިނގިރޭޓު ވައްކަން: ހަވަނަ މީހަކު ހައްޔަރުކޮށް، ބަންދަށް ހަތް ދުވަސް
ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުވާ ދިވެހި ޓީޗަރުގެ ބަންދަށް 30 ދުވަސް
ދެ ޓީޗަރަކު ދަރިވަރުން ގައިގައި އަތްލި މައްސަލަތަކެއް، ބިދޭސީ ޓީޗަރަކު ހައްޔަރަށް