ވަގަށް އެތެރެކުރުމުން ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓައި، އެ ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި އިއްޔެ ހައްޔަރުކުރި ތިން މީހުންގެ ފޮޓޯ ފުލުހުން އާންމުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރީ ނޫރަލީގެ / ހދ. ވައިކަރަދޫ، އަހުމަދު ޝަހީމް (42އ) އާއި ޗާނދަނީގެ / ސ.ހިތަދޫ، ހުސައިން ސާމިހު (35އ) އަދި ހ. ރުމޭނިޔާ / މާލެ، އަހުމަދު ފިރުސާން (35އ) އެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަހުމަދު ޝަހީމާއި ހުސައިން ސާމިހު ހަތް ދުވަހަށް ބަންދު ކުރުމަށް އަދި އަހުމަދު ފިރުސާން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ
މި މައްސަލައިގައި ފުރަތަމަ ހައްޔަރުކުރީ ހަތަރު މީހެކެވެ. އެއީ މއ. އެވާ ގްލޯރީ، ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ބ. އޭދަފުށީ، ދިގަލި، ވިޔަފާރިވެރިޔާ ދިގަލި މުހައްމަދު ވަހީދުގެ އިތުރުން ހ. ނިއު ހެޕިނަސް، މުއާޒު އަލީ އަދި ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާއިލް އެވެ.
އޭގެ ފަހުން ފުލުހުން ހައްޔަރުކުރީ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން (52އ) އާއި ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު (54އ) އެވެ.
ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރެޓް ގެއްލުނީ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ހުއްޓަ އެވެ. ގެއްލުނު ކޮންޓެއިނަރުގައި 13.6 މިލިއަން ސިނގިރޭޓް ހުއްޓެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ ނުވަވަނަ ދުވަހު އެވެ.




ގުޅުންހުރި
ޖިނާއީ މައްސަލަތަކުގެ ލިޔެކިޔުންތައް ޕީޖީގެ ލަފައެއްނެތި ނައްތާނުލުމަށް އަންގައިފި
އިންނަން އައިޝާ ގެނެސްދޭނެ ކަމަށް ބުނެ ފައިސާ ހޯދައި އެ ބޭނުންކުރި
ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލުކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް
މާލޭގައި 12 ބުރީގެ ވަގުފް އިމާރާތެއް ހަދަން 39 މިލިއަން ރުފިޔާއަށް
ޖޭއެސްސީން ރިޒާ އިސްތިއުފާ ދެއްވައިފި
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި