އައްޑޫގައި އިއްޔެ ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ނިންމި ހުޅުދޫ އާއި މީދޫގައި މިރޭ ހަވާ އަރުވަން ނިންމައިފި އެވެ.
ހުޅުދޫ އާއި މީދޫގެ އިތުރުން، އެހެން ރަށްތަކާ އެއްކޮށް އޮންނަ ފޭދޫ، އައްޑޫ ކައުންސިލުން ވަކިވެ ކޮންމެ ރަށެއްގައި ވަކިން ކައުންސިލް އުފައްދަން ފެނޭތޯ ބަލަން އިއްޔެ ނެގި ވޯޓުގައި ހުޅުދޫ އާއި މީދޫން ނިންމީ ސިޓީ ކައުންސިލުން ވަކިވާށެވެ. ފޭދޫން ނިންމީ ވަކި ނުވާށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މީދޫ އާއި ހުޅުދޫ ގުޅޭ ހިސާބުގައި މިރޭ ހަވާ އެރުވުމުގެ ކަންކަން އިންތިޒާމު ކުރަނީ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން އާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު މިރޭ ބާއްވަން ނިންމާފައިވާ ހާއްސަ ހަރަކާތެއްގައެވެ.
އެމްއެންޑީއެފުން ބުނީ ހަވާ އަރުވާނީ ފަސް ވަރަކަށް މިނެޓަށް މިރޭ 9:00 ގައި ކަމަށެވެ.
އިއްޔެ ބޭއްވި އެ އިންތިހާބުގައި ހުޅުދޫ އާއި މީދޫގެ ބޮޑު އިންސައްތައެއްގެ ރައްޔިތުން ވަނީ ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓުދީފަ އެވެ.
އެގޮތުން ހުޅުދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 720 މީހަކު ވަނީ ވޯޓު ދިންއިރު، ނުފެންނަ ކަމަށް ވޯޓު ދިނީ 325 މީހުންނެވެ. އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 841 މީހަކު ވޯޓު ދިންއިރު، ނުފެންނަ ކަމަށް ވޯޓު ދިނީ އެންމެ 144 މީހުންނެވެ.




1 Comment
ގުޅުންހުރި
ދަރިވަރެއްގެ ކަރުގައި ހިފައި، ހަމަލާދިން ޓީޗަރެއްގެ މައްސަލަ ފުލުހަށް
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
އައްޑޫ ޑްރަގު ނެޓްވޯކުން ހައްޔަރުކުރި ބޮޑުންގެ ވަނަވަރު ހާމަކޮށްފި، ނަދީމް ހިމެނޭ
އައިއެމްޑީސީގައި މާބަނޑު މީހެއްގެ ހާލު ކުއްލިއަކަށް ސީރިއަސްވެ، ނިޔާވި މައްސަލަ ބަލަނީ
ގޫގުލްގެ މަޝްރޫއަށް ހިތަދޫން 15،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި