ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމުގައި ހުންނެވި މާފުށީ ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން ރިޒާ އާދަމް, އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެނގިފައިވާ ގޮތުގައި އެ ކޮމިޝަނުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މަޖިލީހުން ކަނޑައަޅާފައިވާ ރިޒާގެ އިސްތިއުފާ ސިޓީ އެ ކޮމިޝަނަށް ފޮނުވީ މިއަދެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އަދި ނޭނގެ އެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް ރިޒާ އައްޔަންކޮށްފައިވަނީ 4 ޖޫން 2024ގައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.
އޭގެ ފަހުން 12 ޖޫން 2024 ގައި ޖޭއެސްސީގެ ރައީސްގެ މަގާމަށް އޭނާ އައްޔަންކުރެއްވި އެވެ.
ޖޭއެސްސީގެ ރައީސް އިސްތިއުފާ ދެއްވި އިރު، އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް މިދިޔަ އަންގާރަ ދުވަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އެ މަގާމަށް ދެން އިންތިހާބު ކޮށްފައިވަނީ ކޮމިޝަނުގައި އިންނަވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެންބަރު ޔަޒްމީދު މުހައްމަދެވެ.



