ހެލިކޮޕްޓަރުގެ ހިދުމަތް ނުފެށި ލަސްވާ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ހެލިކޮޕްޓަރު މައްސަލައާ ބެހޭގޮތުން މާދަމާގެ ޖަލްސާގައި މިނިސްޓަރާ ސުވާލުކުރަން ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
މެންބަރު މުހައްމަދު އިބްރާހީމް މިނިސްޓަރާ ސުވާލުކުރަން ހަމަޖެހިފައިވަނީ، މިދިޔަ މާޗު މަހު ރާއްޖޭގައި ހިދުމަތް ދޭން ފަށާނެ ކަމަށް އައުލާންކުރި ހެލިކޮޕްޓަރުގެ ހިދުމަތް މިހާތަނަށް ފެށިފައިނުވަނީ ކީއްވެގެންތޯއެވެ. އަދި އެ ހިދުމަތް ފެށޭނެ ކަމަށް މިހާރު ބެލެވޭ މުއްދަތާއި، އެ ހިދުމަތްދޭން ހަވާލުކޮށްފައިވާނަމަ އެ ކުންފުނިން އަދިވެސް ހުރީ އެ ހިދުމަތް ފަށާ ގޮތަށްތޯ ވެސް ސުވާލުކުރަން ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ހެލިކޮޕްޓަރުގެ ހިދުމަތް ބޭނުންކުރާނީ ސިއްހީ ފަރުވާ ބޭނުންވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ގެއްލޭ މީހުން ހޯދުމުގެ މަސައްކަތްތަކަށެވެެ.




ގުޅުންހުރި
މީޑިއާ ކޮމިޝަނަށް މަޖިލީހުން ހޮވާ ތިން މެންބަރުން އައްޔަންކޮށްފި
ސަރުކާރުން އެޗްޑީސީއަށް ދިހަ ބިލިއަން ރުފިޔާ ދައްކަންޖެހޭ
ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އާސަންދަ ނުލިބޭތީ މަޖިލީހަށް ގަރާރެއް
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް އޭސީޕީ ދާއޫދު ޗުއްޓީއަށް
އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ބަންކަރިން އިން
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމާ ގުޅޭ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި