ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކޮށް ވޭޕް މަނާކުރި ފަހުން އެތަކެތި ވަގަށް އެތެރެކުރުން އިތުރުވެއްޖެ ކަމަށާއި އެކަމުގެ ސަބަބުން އިމްޕޯޓް ޑިއުޓީން ދައުލަތަށް ލިބެންޖެހޭ އާމްދަނީވެސް ދަށްވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބެލި މޯލްޑިވްސް ކަސްޓަމްސްގެ މައްސަލަތަކުގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ, ސަރުކާރުން ސިނގިރޭޓް މަނާކުރަން ނިންމީ ހެޔޮ ނިޔަތެއްގައި ކަމަށެވެ. ނަމަވެސް ސިނގިރޭޓާއި ވޭޕް ވަގަށް އެތެރެކުރުން އިތުރުވެއްޖެ ކަމަށާއި އެ ތަކެތި ވަގަށް އެތެރެވަނީ ކަސްޓަމްސްގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
”..ވަގަށް ސިނގިރޭޓު އެތެރެކުރެވިގެން ވަގު ސިނގިރޭޓު ގިނަ ރަނގަޅު ގޮތުގައި ޑިއުޓީ ދައްކައިގެން އެތެރެކުރެވޭ ސިނގިރޭޓަށްވުރެ. ވޭޕް ކަންތައްވެސް އޮތީ އެހެން. ވޭޕް ވެސް ވިއްކާ ސޯޝަލް މީޑިއާ ގްރޫޕުތައް ވެސް އެބަހުރި،“ އިމްޕޯޓު ޑިއުޓީ ނުލިބޭ ސަބަބު ހާމަކުރައްވައި ނާޒިމް ވިދާޅުވި އެވެ.
އޭގެ އެއް މިސާލެއްގެ ގޮތުގައި ނާޒިމް ވިދާޅުވީ, ގަވާއިދާ ހިލާފަށް އެތެރެކުރުމުން ކަސްޓަމްސް އިން ހިފަހައްޓާފައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓު ހިމެނޭ ކޮންޓެއިނަރުތަކުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ 128 މިލިއަން ރުފިޔާ ނުލިބިވާ މައްސަލަ އެވެ.
ނާޒިމް މިހެން ވިދާޅުވި އިރު, ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި މި އަހަރު ލިބެންޖެހޭ އާމްދަނީގެ 50 ޕަސެންޓް ވެސް ނުލިބެ އެވެ.
އެގޮތުން މި އަހަރުގެ ބަޖެޓުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖަހާފައި އޮތް ނަމަވެސް މި އަހަރުގެ މިހާތަނަށް ލިބުނު ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަނީ 2.4 ބިލިއަން ރުފިޔާ އެވެ.




6 Comments
ގުޅުންހުރި
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ބޮޑު އަނިޔާއެއް، މި ސުންޕާ ވަބާއިން ސަލާމަތްވާންޖެހޭ: ހުތުބާ
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް
ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުންދީފި، އެމްޑީޕީގެ މެންބަރުން ވޯޓު ދިން