ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ކުރިމިނަލް ކޯޓަށް ހާޒިރުވެވަޑައިނުގެން ހއ. ދިއްދުއަށް ވަޑައިގެންފިއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި މަނީލޯންޑާ ކުރެއްވިކަމުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މިއަދު ޝަރީއަތް މިއަދު މެންދުރުފަހު 2:30 އަށް ކުރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.
ނަމަވެސް ރައީސް ޔާމީން އެ ޝަރީއަތަށް ވަޑައިނުގެންނެވުމުން އެ މައްސަލައިގެ ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ.
ރައީސް ޔާމީން ޝަރީއަތަށް ވަޑައިނުގެން، ދިއްދުއަށް މިއަދު ވަޑައިގެންނެވީ ހއ. އަތޮޅު ކައުންސިލް އެވޯޑު ”ތިލައުތުރު އެވޯޑް 2025“ ހަފުލާ ޝަރަފުވެރިކޮށް ދެއްވުމަށެވެ.
ކުރިމިނަލް ކޯޓުން ބުނީ މައްސަލަ ތާވަލުކުރެވިފައިވަނިކޮށް، ކޯޓުގެ ހުއްދަނެތި މާލެއިން ފުރައިގެން ދިއުމަކީ ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށެވެ.
އެ އެވޯޑު ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށް ދިއްދޫ ކައުންސިލުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށް ވެސް ދައުވަތު އަރުވައިފައެވެ. ނަމަވެސް ސަބަބުތަކަކާ ހުރެ އެ ބޭފުޅުން ވަނީ ދައުވަތު ގަބޫލުފުޅުކުރެއްވެން ނެތް ކަމަށް އަންގަވައިފައެވެ.
އެ ދެ ބޭފުޅުން ދައުވަތު ގަބޫލުފުޅުނުކުރެއްވުމުން ދިއްދޫ ކައުންސިލުން ތިންވަނައަށް ދައުވަތު އެރުވީ ޔާމީނަށެވެ.




ގުޅުންހުރި
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
އިހުސާން، ޔާމީނަށް: ”ސިޓިންރޫމް ފްރަންޓް އޮފީސް“ގައި ފުލުހުންގެ ވާހަކަ ދެއްކޭކަށް ނޯންނާނެ!
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލަން މަޖިލީހުން ފާސްކޮށްފި
ޔާމީނަކީ ވައްކަންކުރަން ދެވިހިފާފައި ހުރި އިންސާނެއް ކަމަށް ބުނެ ފަލާހުގެ ބޮޑު
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް
ޕީއެންސީގެ ”ފައުޖު“ މާލެ ގެނެސްފި، ޔާމީން ވެސް މިރޭ ޖަލްސާއެއް ބާއްވަނީ