ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ކުރިމިނަލް ކޯޓުގެ މިއަދުގެ ޝަރީއަތަށް ވަޑައިނުގެންނެވޭނެކަން އެ މަނިކުފާނުގެ ފަރާތުން ކޯޓަށް އަންގާފައިވާނެ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި މަނީލޯންޑާ ކުރެއްވިކަމުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މިއަދު ޝަރީއަތް މިއަދު މެންދުރުފަހު 2:30 އަށް ކުރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.
ނަމަވެސް ރައީސް ޔާމީން އެ ޝަރީއަތަށް ވަޑައިނުގެންނެވުމުން އެ މައްސަލައިގެ ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ. ރައީސް ޔާމީން ޝަރީއަތަށް ވަޑައިނުގެން، އެ މަނިކުފާނު ވަނީ ހއ. އަތޮޅު ކައުންސިލް އެވޯޑު ”ތިލައުތުރު އެވޯޑް 2025“ ހަފުލާ ޝަރަފުވެރިކޮށް ދެއްވުމަށް މިއަދު ހއ. ދިއްދުއަށް ވަޑައިގެންފައެވެ.
އެ މައްސަލައިގައި ކުރިމިނަލް ކޯޓުން ބުނީ މައްސަލަ ތާވަލުކުރެވިފައިވަނިކޮށް، ކޯޓުގެ ހުއްދަނެތި މާލެއިން ފުރައިގެން ދިއުމަކީ ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށެވެ.
ވަކީލުން ބުނީ ޔާމީންގެ ޝަރީއަތް އެންމެ ފުރަތަމަ ތާވަލުކޮށްފައިވަނީ މިމަހުގެ 26 އަށް ކަމަށާއި އެ އަޑުއެހުން ތާވަލުކޮށްފައިވަނިކޮށް، ހއ. އަތޮޅު ކައުންސިލުން، ”ހއ. އަތޮޅު ދުވަސް“ ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ޔާމީނަށް ދައުވަތު ފޮނުވީ މި މަހު 16 ގައި ކަމަށެވެ.
ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 27 އާއި އަންނަ މަހުގެ އެއްވަނަ ދުވަހާ ތާރީހެއްގައި ކަމަށް، ރައީސް ޔާމީނަށް ފޮނުވާފައިވާ ދައުވަތުގައި ބަޔާންކޮށްފައިވާ ކަމަށާއި ފުރަތަަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ އިއްޔެއަށް ކަމަށްވުމުން، އެ ޝަރީއަތުގައި ބައިވެރިވުމަށްފަހު މިއަދު ފުރާވަޑައިގެންނެވުމަށް ރައީސް ޔާމީން ނިންމެވި ކަމަށެވެ. ނަމަވެސް އިއްޔެ ބޭއްވުމަށް ތާވަލުކުރި އަޑުއެހުން މިމަހުގެ 23 ގައި ކެންސެލް ކުރި ކަމަށް ވަކީލުން ބުންޏެވެ.
ވަކީލުން ބުނީ މިމަހުގެ 27، 28 އަދި 29 ގައި ރަސްމީ ދަތުރެއްގައި ރައީސް ޔާމީން ރަށުން ބޭރަށް ދާންޖެހޭކަން ކޯޓުގެ ސަމާލުކަމަށް ގެނެސް، އެ ދުވަސްތަކުގައި އިތުރު އަޑުއެހުމެއް ތާވަލުނުކުރުމަށް ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ކޯޓުގައި އެދިފައިވައިވާނެ ކަމަށެވެ.
ނަމަވެސް މިއަދު މެންދުރުފަހު 2:30 އަށް ޝަރީއަތް ތާވަލުކޮށް މިމަހު 25 ގައި ޔާމީނަށް ކޯޓު އަމުރު ފޮނުވާފައިވާ ކަމަށެވެ. އަދި އެ ގަޑިއަކީ ޔާމީން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ގަޑި ކަމަށް ވަކީލުން ބުންޏެވެ.
ވަކީލުން އިތުރަށް ބުނީ ކޯޓު އަމުރު ލިބުމާއެކު، އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދި، ވަކިލުންގެ ފަރާތުން، ލިބިފައިވާ ދައުވަތާއި، ނަގާފައިވާ ޓިކެޓްގެ ކޮޕީއާއެކު، އެކަން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ނަމަވެސް އަޑުއެހުން ކެންސަލް ކޮށްދެވެން ނެތް ކަމަށާއި، ކަނޑައެޅިފައިވާ ގަޑީގައި އަޑުއެހުން އޮންނާނެ ކަމަށް ކޯޓުން އަންގާފައިވާ ކަމަށެވެ. އަދި އޮންލައިންކޮށް ބައިވެރިވަޑައިގެންނެވުމަށް ވެސް ރައީސް ޔާމީންގެ ފަރާތުން އެދިފައިވާނެ ކަމަށް ވެސް ވަކީލުން ބުންޏެވެ.




ގުޅުންހުރި
މާރާމާރީ ހިންގި ފުލުސް މީހާ ބުނީ ނުނިދާ ހުރުމުން ހުރީ ހަމައިގައި
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
އިހުސާން، ޔާމީނަށް: ”ސިޓިންރޫމް ފްރަންޓް އޮފީސް“ގައި ފުލުހުންގެ ވާހަކަ ދެއްކޭކަށް ނޯންނާނެ!
އިމިގްރޭޝަންގެ ވީޑިއޯ ފުޓޭޖު ހަވާލުކުރަން އެންގީ ޒިންމާ އަދާކުރަން: އިހުސާން
ފީފާގެ ހުއްދައާ ނުލައި މައްސަލަ ބަލާ ކަމަށްބުނެ ބައްސާމް ހައިކޯޓަށް
ފެނަކައިން ކެމެރާ ހަރުކުރުމުގައި ކޮރަޕްޝަން ހިންގި މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފި