ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފުންގެ އަތުން ފައިސާ ސޫޓް ކޭސް ފޭރިގެން މައްސަލައިގައި ހައްޔަރުކުރި މީހުންގެ ފޮޓޯ ފުލުހުން އާންމުކޮށްފި އެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ:
- ލ. މާވަށް/ ރޭޝަމް، މާޒިން މޫސާ (25އ)
- މ. ކޯރަސް/ އަހުމަދު ރައިހާން ނައީމް (20އ)
- ކ. ގުރައިދޫ/ އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ)
- ކ. ގުރައިދޫ/ އަޅިވިލާގެ، ހުސައިން ޝަހުދު (30އ)
ފުލުހުން ބުނީ މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. އަދި ތަހުގީގު ކުރިއަށްދިޔަ މިންވަރަކުން މީޑިއާއަށް ހާމަކުރެއްވުން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ.
ބީއެމްއެލްގެ ދެ މުވައްޒަފަކަށް ވަޅިން ބިރު ދައްކައި އެ މީހުންގެ އަތުގައި އޮތް ސޫޓް ކޭސް ފޭރިގަތީ އިއްޔެ ފަތިހު 4:45 ހާއިރު ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ ވޯކްވޭ ތެރެއިންނެވެ. ފުލުހުން ބުނި ގޮތުގައި އެކަން ކުރީ މޫނު ނިވާކޮށްގެން ތިބި ބައެކެވެ.
އެނގިފައިވާ ގޮތުގައި ފައިސާ ސޫޓް ކޭސްގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން މިއަދު ދޫކުރަން ޖެހޭ ޑޮލަރެވެ.




ގުޅުންހުރި
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު
މަސްވެރިންގެ މުޒާހަރާ: ފުލުހުންގެ ފައުޖެއް އަރައި މައުރޫފާއި 3 މީހަކު ހައްޔަރުކޮށްފި
64 އަހަރުގެ ލޯބިވެރިޔާގެ ބުރަކައްޓަށް ވަޅިން ހަމަލާދިން 32 އަހަރުގެ މީހާ
މާރާމާރީ ހިންގި ފުލުސް މީހާ ބުނީ ނުނިދާ ހުރުމުން ހުރީ ހަމައިގައި
މީހަކު 100 އަށްވުރެ ގިނަ ކާޑުގެ ޑޮލަރު ލިމިޓު ބޭނުންކުރި މައްސަލައާއެކު
ވޭޕް ވިއްކަމުންދިޔަ ބަޔަކު ހޯދައި، ވޭޕް ވިއްކަން ބޭނުންކުރާ ފޭސްބުކް ޕޭޖެއް