ޑިސެމްބަރ 16, 2025

ރައީސް މުއިއްޒު، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރެކޯޑް މުއްދަތެއްގެ ތެރޭގައި ޒިޔާރަތް ކުރައްވައިފި

ގައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން, ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް, ރެކޯޑް މުއްދަތެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު, ޒިޔާރަތްކުރައްވައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ތާރީހީ ކާމިޔާބީއެއް ހާސިލުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، އެންމެ 1 އަހަރާ 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައި، ރައީސް އެ ތާރީހީ ކާމިޔާބު ހާސިލުކުރައްވާފައި ވަނީ، ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި ކ. އަތޮޅުގެ ތިން ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި ތުލުސްދުއަށް މިއަދު މެންދުރު ވަޑައިގަތުމާއެކު ކަމަށެވެ.

ރައީސް އޮފީހުން ބުނީ، ރައީސް މުއިއްޒު ތުލުސްދޫއަށް މިއަދު ކުރެއްވި ޒިޔާރަތާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ވަޑައިގެންފައިވާ ކަމަށެވެ. މި މުއްދަތުގައި އެ މަނިކުފާނު 63 ރަށަކަށް ދެ ވަނަ ފަހަރަށްވެސް ޒިޔާރަތްކުރައްވާފައިވާ ކަމަށްވެސް ބުންޏެވެ.

ރައީސް އޮފީހުން ބުނީ، ދިވެހި ރިޔާސީ ތާރީހުގައި، ގައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެންމެ ފަހުން ރައީސަކު ޒިޔާރަތްކުރެއްވީ މީގެ 42 އަހަރު ކުރިން ކަމަށެވެ.

އޭރު ރައީސްކަމުގެ މަގާމުގައި ހުންނެވީ މައުމޫން އަބްދުލްގައްޔޫމެވެ. އެ މަނިކުފާނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވުނީ ފަސް އަހަރު ދުވަހުގެ ތެރޭގައެވެ.

ރައީސް އޮފީހުން ބުނީ، ރައީސް މުއިއްޒު، އެންމެ 23 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަކީ މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސާފު ހެއްކެއް ކަމަށެވެ.

6 Comments

  • Mid Hat D. Midde އޮކްޓޯބަރ 28, 2025

    Genius world record fothun jaaga libeyne 🤣🤣

  • Alhaiy Mibunani އޮކްޓޯބަރ 28, 2025

    record akah vegen rayyithun ah libunee koarcheh?

  • Mohamed Enzo އޮކްޓޯބަރ 28, 2025

    Dhen v konkameh

  • Tom De Nero އޮކްޓޯބަރ 28, 2025

    Mi dhuniyeyga Adam ge dhariyaku nahadhaavarah dhogu hadhaa e record ves onnaane

  • Yousuf Naufal އޮކްޓޯބަރ 28, 2025

    Kanthah kohdhinumuge shaugu verikan huri kamuge namoonaa eh

  • Yoosuf Eamaan Ali އޮކްޓޯބަރ 29, 2025

    Hazaanaaga laariyaa launch faharu othiyyaathaa

Leave a Reply