ރައީސް ޑރ. މުހައްމަދު މުއިއްޒު, ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރެއްވުމަކީ ރަށްތަކަށް އިސްކަން ދެއްވުމާއި މުރާލިކަމުގައިވެސް ނަމޫނާއެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން މިއަދު ވަނީ, ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް, އެންމެ އެއް އަހަރާއި 11 މަސް ނުވަތަ 23 މަސް ދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައި, ރައީސް ޑރ. މުއިއްޒު ތާރީހީ ކާމިޔާބެއް ހާސިލުކުރައްވާފައިވާކަން މިއަދު އިއުލާންކޮށްފަ އެވެ.
އެކަމާ ގުޅިގެން ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ރާއްޖޭގެ އެތައް އަހަރެއްވީ ދޮށީ ތާރީހުގައި އަދި ރާއްޖެ އިސްލާމްވުމަށްފަހު ލިޔެވުމުން އައި 900 އަހަރުގެ ދިގު ތާރީހުގައި ގައުމުގެ އެންމެ މަތީ ވެރިއަކު, ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރެއްވި މިއީ ދެވަނަ ފަހަރު ކަމަށެވެ.
އަދި މީހުން ދިރިއުޅޭ 187 ރަށާއި ސިޓީތަކަށް 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ދަތުރު ކުރައްވައި ރައީސް ހެއްދެވި ޝަރަފުވެރި ރެކޯޑަކީ ރާއްޖޭގެ ތާރީހުގައި މުގުރައިލުން ދެން ފަސޭހަ ނުވާނެ ރެކޯޑެއް ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, މިހާރުވެސް 63 ރަށަކަށް ދެ ވަނަ ފަހަރަށް ރައީސް ޒިޔާރަތް ކުރައްވާފައިވާ ކަމަށާއި މި ދައުރު މެދަށް ދާއިރު ހުރިހާ ރަށަކަށް ދެވަނަ ފަހަރަށް ޒިޔާރަތް ކުރައްވައި ނިންމަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
”ރައްޔިތުންގެ ހާލު ގާތުން ބެއްލެވުން. ރައްޔިތުންނަށް ވެރިއެއްގެ ފަރާތްޕުޅުން ފެންނާނެ ގާތްކަން. އަދި ރައްޔިތުންގެ އަޑު ގާތުން އައްސަވާ, ހާލު އަމިއްލައަށް ދެކެވަޑައިގަތުމާއި ރައްޔިތުންނަށް އަޅައިލެއްވުމުގައި ފެނުނު ރީތި ނަމޫނާއެއް. ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅުތަކާއެކު ކޮންމެ ރަށެއްގެ ރައްޔިތުން އެދޭ ތަރައްގީގެ މަޝްރޫއުތައް ފެށި, އަސާސީ ހިދުމަތްތައް ފުރިހަމަވާނެކަމުގެ ޔަގީންކަން ކޮންމެ ރަށަކަށް ލިބި, ލާމަރުކަޒީ ހަގީގީ ބާރުވެރިކަން މިދަނީ ރަށްތަކަށް ކަށަވަރުވަމުން,“ ސައީދު ވިދާޅުވި އެވެ.




3 Comments
ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރައީސް އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ: ރައީސް
މާދަމާއިން ފެށިގެން މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ
މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ލަސްވަނީ ބޭރުގެ ”ޑިއު ޕްރޮސެސް“އާ ހެދި: ރައީސް
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި