އާގަން ގޭހަކީ ރާއްޖޭގެ ބޮޑެތި ސިނާއީ މަސައްކަތްތަކަށް އަބަދުވެސް ބޭނުންވާ މުހިންމު އެއް މާއްދާ އެވެ. ނަމަވެސް ރާއްޖެ އިން އެ ގޭސް ލިބޭކަށް ނުހުރެ އެވެ. އެހެންވެ އެ ގޭސް ހޯދުމަށް ކަސްޓަމަރުން ޖެހެނީ ރާއްޖެއިން ސިލިންޑަރުތައް ބޭރަށް ފޮނުވައިގެން ގޭސް އަޅައިގެން އަލުން އިމްޕޯޓް ކުރާށެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ބޭނުންވާ ވަރަށް ބޭނުންއިރަކު ގޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެ އެވެ.
އާގަން ގޭސް ހޯދުމުގައި ކަސްޓަމަރުންނަށް ކުރިމަތިވެފައިވާ ދަތިތައް ނިމުމަކަށް ގެނައުމަށް އެ ގޭސް އަބަދުވެސް ލިބެން ހުރުމުގެ އިންތިޒާމް މޯލްޑިވް ގޭސް އިން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން މޯލްޑިވް ގޭސް އިން މިހާރު ވަނީ އާގަން ގޭސް ބަލްކުކޮށް އެތެރެކޮށް، ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ފެސިލިޓީގައި ސިލިންޑަރުތަކަށް ފިލްކުރަން ފަށައިފައެވެ.
މިކަމުގެ ސަބަބުން، ކަސްޓަމަރުންނަށް ބޭނުންވާ ވަރަށް، ބޭނުންއިރަކު އާގަން ގޭސް ލިބެން ހުންނާނެ ކަމުގެ ޔަގީންކަން މޯލްޑިވް ގޭސް އިން ދެއެވެ.
އާގަން ގޭހަކީ ސިނާއީ ދާއިރާގައި ވަރަށް ގިނަ ބޭނުންތައް ހިފާ ގޭހެކެވެ. މައިގަނޑު ގޮތެއްގައި މެޓަލް ވެލްޑިން އާއި މެޓަލް ކަޓިން އަދި އެހެނިހެން ވެލްޑިން މަސައްކަތްތަކުގައި ޝީލްޑިން ގޭހެއްގެ ގޮތުގައި އާގަން ގޭސް ބޭނުންކުރެއެވެ. މީގެ އިތުރުން، އެލެކްޓްރޯނިކްސް އިންޑަސްޓްރީގައި ވެސް ޕްރޮޓެކްޓިވް އެޓްމޮސްފިއަރެއްގެ ގޮތުގައި އާގަން ގޭސް ބޭނުންކުރާއިރު، ބައެއް ކަހަލަ ލައިޓިން އިންޑަސްޓްރީގައި ވެސް މި ގޭސް ބޭނުންކުރެއެވެ.
ކަސްޓަމަރުންނަށް ދިމާވެފައިވާ އެކި ކަހަލަ ދަތިތައް ހައްލުކޮށްދިނުމުގައި މޯލްޑިވް ގޭހުން މިފަހުން ވަނީ ކުރިއެރުންތަކެއް ހޯދައިފައެވެ. އެގޮތުން މޯލްޑިވް ގޭހަކީ މިހާރު ހަމައެކަނި ކައްކާ ގޭސް ވިއްކާ ކުންފުންޏެއް ނޫނެވެ. ކާލްޓަން ބްރޭންޑްގެ ރެފްރިޖަރެންޓް ގޭހާއި މެޑިކަލް އޮކްސިޖަންއާއި އިންޑަސްޓްރިއަލް އެކިކަހަލަ ގޭސް މިހާރު މޯލްޑިވް ގޭހުން ލިބެން ހުރެއެވެ.
އޭގެ އިތުރުން މޯލްޑިވް ގޭހުން ދަނީ އެފް އެންޑް ބީ އިންޑަސްޓްރީއަށާއި މަސްފަދަ ތަކެތި ގަނޑުކޮށްގެން ބޭރަށް ފޮނުވާ ފަރާތްތަކަށް މުހިންމު ލިކުއިޑް ނައިޓްރޯގެން އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.




ގުޅުންހުރި
ސްޓެލްކޯ އިން ދިއްފުށީގައި ހެދި އިންޖީނުގެ ހުޅުވައިފި
އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް މުޅިން އަލަށް ހަތަރު ބްރޭންޑެއް ތައާރަފުކޮށްފި
ޕެންޝަން އޮފީހުން ސަރުކާރަށް 2 ބިލިއަން ދިނުން: ބޯޑުން ޝަރުވަޝް އިސްތިއުފާ
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމަށް ހުޅުވާލައިފި
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
މޯލްޑިވްސް ގޭހަށް 26 އަހަރު ފުރުން ފާހަގަކުރުމަށް މުވައްޒަފުންނާއެކު ހާއްސަ ހަފުލާއެއް