ޑިސެމްބަރ 15, 2025

އެމެރިކާ އިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ފަށަން ޓްރަމްޕް އަމުރުކޮށްފި

ރަޝިޔާ އާއި ޗައިނާ ފަދަ އެހެން ގައުމުތަކާ އެއް ހަމައެއްގައި ހިފެހެއްޓުމަށްޓަކައި އެމެރިކާގެ ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން އަލުން ފެށުމަށް އަސްކަރީ ލީޑަރުންނަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައިފި އެވެ.

”އެހެން ގައުމުތަކުގެ ޓެސްޓުކުރުމުގެ ޕްރޮގްރާމްތަކުގެ ސަބަބުން, ހަމަހަމަ އުސޫލެއްގެ ތެރެއިން ނިއުކްލިއާ ހަތިޔާރު ޓެސްޓުކުރަން ފެށުމަށް ހަނގުރާމައާ ގުޅޭ ޑިޕާޓްމަންޓަށް ވާނީ އަންގާފައި,“ ޗައިނާގެ ރައީސް ޒީ ޖިންގްޕިންގްއާ ބައްދަލުކުރުމުގެ ކުރިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނެފައިވެ އެވެ.

ޓްރަމްޕް މިހެން ބުނި އިރު, ބޭނުންވާ ދުރުމިނަކަށް ފޮނުވާލުމުގެ ގާބިލުކަން ލިބިފައިވާ ނިއުކްލިއާ ޕަވާޑް މިސައިލެއް ރަޝިއާ އިން ވަނީ ޓެސްޓުކޮށްފަ އެވެ. އެކަމާ ގުޅިގެން ޓްރަމްޕް ވަނީ ފާޑުވެސް ކިޔައިފަ އެވެ.

އެމެރިކާއަކީ އެންމެ ގިނަ ނިއުކްލިއާ ހަތިޔާރު ގެންގުޅޭ ގައުމެވެ. ނަމަވެސް 1992 ވަނަ އަހަރަށްފަހު އެ ގައުމުން ނިއުކްލިއާ ހަތިޔާރު ޓެސްޓުކޮށްފައެއް ނުވެ އެވެ.

2 Comments

  • Kuda Kappi އޮކްޓޯބަރ 30, 2025

    ރަނގަޅު މަޢުލޫމާތު ހޯދައި ޝާއިއުކުރައްވާ!ދުނިޔޭގައި އެންމެ ގިނަ ނިއުކްލިއަރ ހަތިޔާރު ހުރީ އެމެރިކާ އަކު ނޫން އިނގޭތޯ!؟އެންމެ ގިނަ ނިއުކްލިއަރ ހަތިޔާރު ހުރީ ރަޝިޔާގައި!ރަޝިޔާ އަކީ ދުނިޔޭގެ ނިއުކްލިއަރ އެއްވަނަ ބާރު.އެމެރިކާ އެއީ ނިއުކްލިއަރ ދެވަނަ ބާރު

  • Shameen Jihad އޮކްޓޯބަރ 31, 2025

    **ފެށުމުގެކުރިން ބުނެލަން:(އަތަށް ގޮވުމުން ނުރޯތި!)😶

Leave a Reply