ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓައި، އެ ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
އެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ، ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް، ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒް އަލީ، ކަސްޓަމްސްގެ ސީނިއާ އޮފިސަރެއް ކަމަށްވާ ޒިވާރް އިސްމާއީލް، ކޮންޓެއިނަރުތައް އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދު އަދި އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އާދަމް ވަހީދުގެ މައްޗަށެވެ.
އެ މައްސަލައިގައި މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައިވާ އިރު، އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ވެސް ދާދިފަހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އެ މީހުންގެ އިތުރުން ދެން އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަހުމަދު ޝަހީމާއި ހުސައިން ސާމިހު އަދި އަހުމަދު ފިރުސާން (35އ) އެވެ.
ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރެޓް ގެއްލުނީ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ހުއްޓައެވެ. ގެއްލުނު ކޮންޓެއިނަރުގައި 13.6 މިލިއަން ސިނގިރޭޓް ހުއްޓެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.




ގުޅުންހުރި
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
މައުރޫފަށް އަނިޔާނުކުރާ ކަމަށްބުނެ، ބަންދުން ދޫކޮށްލައިފި
އިހުތިޖާޖުކުރި މަސްވެރިން ވަނީ އެހެން އުޅަނދުތައް ދަތުރުކުރުމަށް ހުރަސް އަޅާފައި: ފުލުހުން
ސިނގިރޭޓު ވައްކަން: 11 މީހަކަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި
ސިނގިރޭޓު ވައްކަން: ލޮޓަސްގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯގެ ވެރިޔާ ދިގަލި