އެލައިޑަކީ އަބަދުވެސް ގައުމުގެ އެކި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ހަރަކާތްތައް ހިންގަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުންޏަށް 40 އަހަރު ފުރުމާ ދިމާކޮށް ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
އޭގެ ތެރެއިން އެއް ހަރަކާތަކީ މި މަހުގެ 25 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވި އެލައިޑް ބައިސްކަލު ރޭހެވެ.
ބައިކް މޯލްޑިވްސްއާ ގުޅިގެން ބޭއްވި އެ ހަރަކާތް ފެށީ އެ ދުވަހުގެ ހެނދުނު 6:15 ގައެވެ. ހަރަކާތް ފެށުމުގެ ގޮތުން ރިވައިވް ފިޓްނަސް އިން ވޯމްއަޕް ސެޝަންއެއް ކުރިއަށް ގެންދިޔަ އެވެ. ރޭހުގައި އެކި އުމުރުފުރާގެ މީހުން ބައިވެރިވި އިރު، ރޭސް ނިންމާ ކޮންމެ ބައިވެރިއަކަށް މެޑަލް ވެސް ދިނެވެ.
އޭގެ އިތުރުން އެކި އުމުރުފުރާތައް ކަނޑައަޅައި ފައިސާގެ އިނާމުވެސް ދީފައިވެ އެވެ. އިނާމުތައް ދީފައިވަނީ ކޮންމެ ކެޓަގަރީއަކުން ވާދަކުރި ބައިވެރިންގެ މެދުގައި ގުރުއަތު ނަގައިގެންނެވެ.
މި ބައިސްކަލް އިވެންޓުގަ ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފަޒްލާ ރަޝީދު ބައިވެރިވަޑައިގަތެވެ. އޭގެ އިތުރުން ބައިކް މޯލްޑިވްސްގެ ރައީސް ފާތުމަތު ނާއިލާ އާއި ސީއީއޯ ސުލެއިހާ ހަސަން ދީދީ އަދި ފައުންޑަރު ހަސަން ދީދީވެސް ބައިވެރިވަޑައިގަތެވެ.
އަދި މިބައިސްކަލު ރޭހުގައި އެލައިޑުގެ ފަރާތުން އެކުންފުނީގެ ޗީފް އަންޑަ ރައިޓިން އޮފިސަރު އިއުލިއާނާ ރުސެއިގެ އިތުރުން ޖީއެމް ނަސްރަތު މުހައްމަދު ބައިވެރިވަޑައިގަތެވެ.
ފުލުހުންނާއި ރެޑް ކްރެސެންޓުގެ އެހީތެރިކަމާއެކު ބޭއްވި މި ރޭހަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު، އެލައިޑުން ބުނީ، އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ މުޖުތަމައުގެ ދުޅަހެޔޮކަން ގާއިމުކޮށް، ދެމެހެއްޓެނިވި ކަމާއި ހަރަކާތްތެރި ދިރިއުޅުމެއް ޕްރޮމޯޓް ކުރުން ކަމަށެވެ.




ގުޅުންހުރި
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާގެ އިންޝުއަރެންސް ޕާޓްނަރުގެ ގޮތުގައި އެލައިޑް
އެލައިޑް ފެސްޓް މާލެއިން ބޭރަށް، އަތޮޅު ތެރޭގައި ބޭއްވި އެންމެ ފުރަތަމަ
އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ކުރިމަތިލުމަށް ހުޅުވާލައިފި
އެލައިޑުގެ ކަމަނަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި، ފުރަތަމަ މަހުގެ ޕޭމަންޓު އަދިވެސް
އެލައިޑުގެ އިފްތާރު ޕެކް ބެހުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ކުރިޔަށްދަނީ