ފިރިހެން ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ދައްކައި، ޖިންސީ ގޯނާކުރި މައްސަލައެއްގައި ޓީޗަރަކު ހައްޔަރުކޮށްފިއެވެ.
ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ދައްކައި، ޖިންސީ ގޯނާކުރި މައްސަލަ މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ ހޯމަ ދުވަހު 40 އަހަރުގެ ދިވެހި ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ މަހު ހުޅުމާލޭގައި ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ވެސް ދިވެހި ޓީޗަރަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ހައްޔަރުކުރި 46 އަހަރުގެ ޓީޗަރުގެ ބަންދަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ވަނީ 30 ދުވަސް ޖަހައިފައެވެ. އެނގިފައިވާ ގޮތުގައި އޭނާ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ ޓިއުޝަންދިނުމަށް އެ ކުއްޖާގެ ގެއަށް ދިއުމަށްފަހުއެވެ.
އޭގެ އިތުރުން ވެސް މިދިޔަ މަހު އުތުރުގެ ރަށެއްގައި ކުއްޖެއްގެ ގައިގައި އަތްލައި، ދައްކަން ނުޖެހޭ ފަދަ ވާހަކަތައް ދެއްކި މައްސަލައެއްގައި ވެސް ޓީޗަރަކު ހައްޔަރުކުރިއެވެ. އެއީ އިންޑިއާގެ ޓީޗަރެކެވެ.




ގުޅުންހުރި
ކުންފުންޏެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރަށް
އަލަ ގޯންޏެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ
ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ތިލަފުށީގައި މަސައްކަތްކުރާ މީހަކު ގެއްލިގެން ހޯދަނީ
ފުލުހުންގެ ވެހިކަލު މައްޗަށް އަރައި ހެދި ޓިކްޓޮކް ވީޑިއޯ އާންމުނުކުރުމަށް އަންގައިފި
ކުންފުންޏެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލައިގައި ދިހަ މީހަކު ހައްޔަރުކޮށްފި