ގައުމީ އެއާލައިން، މޯލްޑިއަން ހިންގާ އައިލެންޑް އެވިއޭޝަނުން 49.4 މިލިއަން ރުފިޔާއަށް ހުުޅުމާލެއިން ބިމެއް ގަނެފިއެވެ.
ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން، އައިލެންޑް އެވިއޭޝަނުން 49،428،482.40 (49.4 މިލިއަން) ރުފިޔާއަށް ގަނެފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ 12،481.94 އަކަފޫޓުގެ ބިމެކެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބުނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ (ރަޖިސްޓްރީ ނަމްބަރު: HML/MAIN/02) ހުޅުމާލޭ ފޭސް އެކެއްގެ 12،481.94 އަކަފޫޓުގެ ބިމުގެ ނަމްބަރު 11725، އަމިއްލަ ގޯތި، 49.4 މިލިއަން ރުފިޔާގެ އަގަށް އައިލެންޑް އޭވިއޭޝަނުން ގަނެ، އެ ވިޔަފާރި އަގުދުކޮށް ނިންމާފައިވާތީ، އެ ވިޔަފާރިއަކީ ސައްހަ ވިޔަފާރިއެއް ކަމާއި، އެ ވިޔަފާރި އެގޮތުގެ މަތިން އަގުދުކުރެވިފައިވާ ކަމަށް ކަނޑައަޅާ ކަމަށެވެ.
އެހެންކަމުން، އެޗްޑީސީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އެ ގޯތީގެ މިހާރުގެ މިލްކުވެރި ފަރާތަކީ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑު ކަމަށް ކަނޑައަޅާ ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.




ގުޅުންހުރި
ހުޅުމާލޭ ރައްޔިތުންގެ ރައްކާތެރިކަމަށް އެޗްޑީސީން ވަކި ސެކިއުރިޓީ ހިދުމަތެއް
އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމަށް ބުނާ މައްސަލަ: ހެއްކެއް ނުހޯދުނު، ފަޒުލްގެ
ހުޅުމާލޭގައި 1964 ވެހިކަލް ޕާކު ކުރެވޭނެ ޖާގަތަކެއް ކަނޑައަޅައިފި
އަޝްފާގު އެއް މިލިއަން ރުފިޔާ ދައްކައިފި، ބާކީ ހަތަރު ލައްކަ ދައްކަން
ހިޔާ ފުލެޓުގެ އަގަށް ގެނައި ބަދަލުތައް ޕޯޓަލުން ފެންނަ ގޮތް ހަދައިފި
ހައްޖު ކޯޕަރޭޝަނުން އަނެއްކާވެސް ބިމެއް ގަނެފި, ދޮޅު އަހަރުތެރޭ ގަތް 3