ކުރިއަށްއޮތް ދެ ދުވަހު ސާވިސް ކައުންޓަރުތައް ބަންދުވި ނަމަވެސް، ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ލިބޭނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ނަސްރުގެ ދުވަހާ ގުޅިގެން މާދަމާ އަދި ހޯމަ ދުވަހު އެ ކުންފުނީގެ ސާވިސް ކައުންޓަރުތައް ބަންދުވާނެ ކަމަށެވެ.
”ސާވިސް ކައުންޓަރުތައް ބަންދުވި ނަމަވެސް، ސްޓެލްކޯ ކޮންޓެކްޓް ސެންޓަރު 1545 ގެ ހިދުމަތް މެދުނުކެނޑި 24 ގަޑިއިރު ލިބިވަޑައިގަންނަވާނެއެވެ..،“ ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން އިތުރަށް ބުނީ ސާވިސް ކައުންޓަރުތަކުގެ ހިދުމަތް އަންނަ އަންގާރަ ދުވަހުން ފެށިގެން އާދައިގެމަތިން ލިބޭނެ ކަމަށެވެ.
ނޮވެމްބަރު ދެވަނަ ދުވަހަކީ ކުރިން ބަންދު ދުވަހެއް ކަމުގައިނުވި ނަމަވެސް، ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނަސްރުގެ ދުވަހާ ގުޅިގެން އެ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައިފައެވެ.




1 Comment
ގުޅުންހުރި
ޔާމީންގެ ޖަލްސާއަށް ކަރަންޓް ނުދީފާނެތީ އަމިއްލައަށް ކަރަންޓު ދޭން ޖަނަރޭޓަރެއް ބަހައްޓައިފި
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
އުމުރުގެ ބޮޑުބައި ގައުމީ ހިދުމަތުގައި, ވަކިވެދިޔައީ ތިންވަނަ ދަރިފުޅު އުރާލުމުގެ ނަސީބު
ނުކުޅެދުންތެރިކަން ހުންނަ އިތުރު 30 މީހަކަށް ސްޓެލްކޯއިން ވަޒީފާ، ޖުމުލަ އަދަދު
ފިހުނު ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެ
އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް