ނަސްރުގެ ދުވަހާ ގުޅިގެން ދިފާއީ ބާރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަރިތަކުރުންތަކެއް މިރޭ މާލޭގައި ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފުން ބުނީ އެއީ މިރޭ ކުރިއަށްގެންދަން ހަމަޖެހިފައިވާ ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓްކުރުމުގެ ފަރިތަކުރުންތަކެއް ކަމަށެވެ.
އެގޮތުން އެ ފަރިތަކުރުންތަކުގެ ތެރެއިން ޝަހީދުންގެ ބިނާ ކައިރީގައި މިރޭ 8:15 އާއި މިރޭ 10:00 އާ ދެމެދު ބްލޭންކްސް ފަޔާކުރާނެ ވާހަކަ ސަމާލުކަމަށްޓަކައި ދަންނަވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ކޮންމެ އަހަރެއްގެ ވެސް ނަސްރުގެ ދުވަހާ ގުޅިގެން މާލޭގެ ސަރަހައްދުތަކުގައި އެމްއެންޑީއެފްގެ ހަރަކާތްތައް ކުރިއަށްގެންދެއެވެ.



