މީގެ ކުރިން މާލެ ސަރަހައްދުގެ ސްކޫލުތަކުން ދުވާލަކު 60 އެއްހާ ވޭޕް ސްޓިކް ފެންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތަށް، އިއްޔެއިން ފެށިގެން ވަނީ ”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފަށައިފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ވަނީ ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން ވެސް މަނާކޮށްފައެވެ.
”ޖެނެރޭޝަން ބޭން“އާ ގުޅިގެން ޓީވީ ޗެނަލްތަކަކުން ގުޅިގެން ކުރިއަށްގެންދާ ޓެލެތޯންގައި އިއްޔެ ވާހަކަދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ 200 އަށްވުރެ ގިނަ ސްކޫލުގެ ޕްރިންސިޕަލުންނާއި ބެލެނިވެރިންނާ މަޝްވަރާކުރުމުން، އެ ފަރާތްތަކުން އެދުނީ ރާއްޖޭގައި ވޭޕް މަނާކުރުމަށް ކަމަށެވެ.
ކުރީގައި މާލޭ ސަރަހައްދުގެ ސްކޫލުތަކަށް އެކަނި ބެލި ކަމުގައިވިޔަސް ދުވާލަކު 50 ނުވަތަ 60 ވޭޕް ސްޓިކް ފެންނަ ކަމަށާއި އެހެންނަމަވެސް މިހާރު ހަފުތާއެއްގެ މައްޗަށް އެކެއް ނުވަތަ ދެ ވޭޕް ސްޓިކް ނުފެންނަ ވަރަށް މަދުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ ވޭޕްގެ އިތުރުން ދުންފަތާ ހެދި މަސްތުވާތަކެއްޗަށް ދެވި ހިފާ ޖީލެއް ކޮންމެވެސް ވަރަކަށް އުފެދެމުންދާ ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށާއި ”ޖެނެރޭޝަން ބޭން“ އާއެކު އެކަމަށް އެންމެންގެ އެއްބާރުލުން ވެސް ބޭނުންވާނެ ކަމަށެވެ.
ގާނޫނުގައިވާ ގޮތުން 2007 ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ ކުދިންނަށް އަދި އުފަންވާނޭ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މިހާރު މަނާވާނެއެވެ.




ގުޅުންހުރި
ގިނަ އަދަދެއްގެ ވޭޕްއާއި 111،880ރ. އާއެކު ތިން ބެއިން ހައްޔަރުކޮށްފި
ރައްޔިތުން ބޭނުން ނަމަ ވޭޕު ހުއްދަކޮށް، ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާނަން: ފައްޔާޒު
ވޭޕް އެތެރެކުރުމުން ކުރާ ޖޫރިމަނާގެ ފައިސާ ހޯދޭނެ ކަމެއް ބުއްދި ގަބޫލެއް
ޒުވާނުން ދުންފަތާ ދުރުކުރުމުގެ މަގުސަދުގައި ”ޖެނެރޭޝަން ބޭން“ އެއް ތައާރަފުކުރަނީ
ވޭޕް ޖޫރިމަނާގެ ގޮތުގައި ދޮޅުމަސް ތެރޭ 130،500 ރުފިޔާ ހޯދައިފި
ކެންސަރުގެ ދުވަސް: ރައީސް ގޮވާލީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުބައި އާދައިން