މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، ހަ މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 15:44 ހާއިރު ކަމަށެވެ.
އެ ހާދިސާގައި ހަތަރު ދިވެއްސަކާއި ދެ ބިދޭސީއަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާއި އޭގެ ތެރެއިން ބޮޑެތި އަނިޔާތަކެއް ލިބުނު ބިދޭސީއެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮޅުވެއްޓީގައި ތިބީ 14 މީހުން ކަމަށާއި އެ އެންމެން ވެސް ފެނިފައިވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އިތުރުން އެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.




ގުޅުންހުރި
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ
ބަނގުލަރާއެކު ގެސްޓްހައުސްއަކުން ހައްޔަރުކުރި ފުލުހަކު ސަސްޕެންޑުކޮށްފި
ހިތަދޫ ކަސްޓޯޑިއަލަށް މަސްތުވާތަކެތި ވެއްދި މައްސަލައިގައި ފުލުހަކަށް ދައުވާކުރަން ފޮނުވައިފި
ދަނބިދޫ އާއި ގަމުގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
ޝަހީދުންގެ ބިނާ ކައިރީގައި މިރޭ ބަޑި ޖެހުމުގެ ތަމްރީނެއް!
ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ދައްކައި، ޖިންސީ ގޯނާކުރި މައްސަލައެއްގައި ދިވެހި ޓީޗަރަކު