މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، ހިނގި ހާދިސާގައި ހާލު ސީރިއަސްވި ދިވެހި މީހާ ވެސް މަރުވެއްޖެއެވެ.
ފުލުހުން އިއްޔެ ބުނީ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 15:44 ހާއިރު ކަމަށެވެ.
އެ ހާދިސާގައި ހަތަރު ދިވެއްސަކާއި ދެ ބިދޭސީއަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާއި އޭގެ ތެރެއިން ބޮޑެތި އަނިޔާތަކެއް ލިބުނު ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސްއޫދު ހޮސައިން (32އ) މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާގައި ހާލު ސީރިއަސްވި ދިވެއްސެއް ކަމަށްވާ ގއ. ގެމަނަފުށި، ދިލްބަހާރުގެ، އަލީ އަފްލާހު އަބްދުﷲ (25އ) މަރުވެފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާ މަރުވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
ފުލުހުން ބުނީ ކޮޅުވެއްޓީގައި ތިބީ 14 މީހުން ކަމަށާއި އެ އެންމެން ވެސް ފެނިފައިވާ ކަމަށެވެ.




ގުޅުންހުރި
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: އަނިޔާވި މީހުންގެ އަދަދު 6 އަށް
ބަނގުލަރާއެކު ގެސްޓްހައުސްއަކުން ހައްޔަރުކުރި ފުލުހަކު ސަސްޕެންޑުކޮށްފި
ހިތަދޫ ކަސްޓޯޑިއަލަށް މަސްތުވާތަކެތި ވެއްދި މައްސަލައިގައި ފުލުހަކަށް ދައުވާކުރަން ފޮނުވައިފި
ދަނބިދޫ އާއި ގަމުގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
ޝަހީދުންގެ ބިނާ ކައިރީގައި މިރޭ ބަޑި ޖެހުމުގެ ތަމްރީނެއް!