ނިޝާން ގާޒީގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެމްބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އަރުވައިފިއެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މައުމޫނަށް އެ އައްޑަނަ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް އޮފީހުން ބުނީ، ރައީސް މައުމޫނަށް އެ ޝަރަފު އެރުވުމަށް ރައީސް މުއިއްޒު ނިންމެވީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ދިން އުދުވާނީ ހަމަލާގައި އޭރު ރައީސަކަށް ހުންނަވައި ރައީސް މައުމޫން ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކަށް ކަމަށެވެ.
އެ ދުވަހުގެ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި އާންމުންގެ ތެރެއިން ޝަހީދުވި މީހުންގެ އާއިލާތަކަށް ވެސް ޖަލްސާގައި ވަނީ ހަނދާނީ އައްޑަނައެއް އަރުވައިފައެވެ.
އެ އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން އަށް ބޭފުޅަކު އަދި އާންމުންގެ ތެރެއިން 11 މީހަކު ޝަހީދުވިއެވެ.




ގުޅުންހުރި
ރައީސް އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ހަތް އަހަރު ހަމަވުމަށްފަހު ވެސް ހިޔާގެ ކުލި ބޮޑުނުވާނެ ގޮތް ހަދައިދޭނަން:
ގެދޮރުވެރިޔާ ފުލެޓުތަކުގެ އެޑްވާންސް ބޮޑުތަނުން ކުޑަކުރުމަށް ނިންމައިފި
391 މީހަކާ ސުވާލު ކޮށްގެން ހެދި ސާވޭ: 62 ޕަސެންޓް މީހުން
އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލުތަކަށް ރޯދައިގެ ކުރިން ފައިސާ ދައްކައި ނިންމޭތޯ
ޔާމީން، މުއިއްޒަށް: އިގުތިސާދު އޮތީ ކޮޅަކަށް ނޫން، އިގުތިސާދާއި ކޮރަޕްޝަން ވެސް