މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، ހިދުމަތް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ މަނިކުފާނު އެގޮތަށް ނިންމަވާފައިވަނީ، ގާނޫނުއަސާސީގެ 106 ވަނަ މާއްދާގެ (ށ) އާއި، 115 ވަނަ މާއްދާގެ (ޓ) އާއި، ސިފައިންގެ ގާނޫނުގެ ނުވަ ވަނަ މާއްދާއިން ލިބިދޭ ބާރާއި އިހުތިޔާރުގެ ދަށުން ކަމަށެވެ.
އެގޮތުން ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދާއި، ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށާއި، ރާއްޖޭގެ ސަރަހައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި، ރެޔާއި ދުވާލު 24 ގަޑިއިރު ހުއްޓުމެއްނެތި ރާއްޖޭގެ ވައިގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، އެ އެއާ ސްޓޭޝަނުގެ ހިދުމަތް ފެށުމަށް އެ ގަރާރުން ވަނީ ދިވެހި ސިފައިންގެ މައްޗަށް އަންގައި އަމުރުކޮށްފައެވެ.
އެމްއެންޑީއެފްގެ އެއާ ކޯ ވެސް ރައީސް އުފެއްދެވީ 15 މާޗު 2024 ގައި އެ މަނިކުފާނު ނެރުއްވި ގަރާރަކުންނެވެ.




ގުޅުންހުރި
ނޮވެމްބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވައިފި
ވިސްނުން ބަހައްޓަންވީ ގައުމާ އެއްކޮޅަށް، އޭރުން މިނިވަންކަން ދެމިއޮންނާނެ: ރައީސް
ކޮޅުވެއްޓި ބަންޑުން ޖަހާލުން: ހާލު ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: އަނިޔާވި މީހުންގެ އަދަދު 6 އަށް
ރައީސް މައުމޫނަށް ނޮވެމްބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ އަރުވަނީ