އަންނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ރައީސް އޮފީހުގެ ހަރަދުތަކަށް އިތުރު 34 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ތަފުސީލުގައިވާ ގޮތުން ރައީސް އޮފީހަށް އަންނަ އަހަރު ކަނޑައަޅާފައިވަނީ 240 މިލިއަން ރުފިޔާ އެވެ. އެއީ މި އަހަރަށް ފާސްކުރި ބަޖެޓަށްވުރެ 34 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި އަހަރުގެ ބަޖެޓުގައި ރައީސް އޮފީހަށް ދީފައިވަނީ 206 މިލިއަން ރުފިޔާ އެވެ.
ރައީސް އޮފީހަށް ކަނޑައަޅާ ބަޖެޓުން ހަރަދު ކުރާނީ ރައީސް އޮފީހަށާއި ރައީސްގެ ރަސްމީ ގެކޮޅުގެ އިތުރުން ނައިބު ރައީސްގެ ރަސްމީ ގެކޮޅަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 192 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މި އަހަރަށް ފާސްކުރި 167 މިލިއަން ރުފިޔާގެ ބަޖެޓަށްވުރެ 25 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ރައީސް އާއި ނައިބު ރައީސްގެ ގެކޮޅަށް ކަނޑައެޅި އަދަދުވެސް ވަނީ އިތުރުކޮށްފަ އެވެ.
އެގޮތުން ރައީސްގެ ރަސްމީ ގެކޮޅަށް މިދިޔަ އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ކަނޑައެޅި އިރު, މި އަހަރުގެ ބަޖެޓުގައި ރައީސްގެ ރަސްމީ ގެކޮޅަށް ހަތަރު މިލިއަން އިތުރުކޮށް, ކަނޑައަޅާފައިވަނީ 34 މިލިއަން ރުފިޔާ އެވެ. އެއީ ކޮންމެ މަހަކަށް 2.8 މިލިއަން ރުފިޔާ އެވެ.
ނައިބު ރައީސްގެ ރަސްމީ ގެކޮޅަށް މި އަހަރު 10 މިލިއަން ކަނޑައެޅި އިރު, އަންނަ އަހަރަށް ކަނޑައަޅާފައިވަނީ 14 މިލިއަން ރުފިޔާ އެވެ. މިއީ ހަތަރު މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މަހަކަށް ބަލާނަމަ މިއީ 1.1 މިލިއަން ރުފިޔާ އެވެ.


					

ގުޅުންހުރި
ރައީސް މުއިއްޒު، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރެކޯޑް މުއްދަތެއްގެ ތެރޭގައި
2 ނޮވެންބަރަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި
މީޑިއާ ކޮމިޝަނަށް މަޖިލީހުން ހޮވާ ތިން މެންބަރުން އައްޔަންކޮށްފި
ޗައިނާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ: ރައީސް
8 ދުވަސް ތެރޭ 4 އަތޮޅެއްގެ 30 ރަށަށް؛ ދަތުރުފުޅަށްފަހު ރައީސް
ރަށްރަށުގެ ހައުސިން ޔުނިޓްތަކުގެ ޑައުންޕޭމަންޓް 10،000ރ. އަށް ކުޑަކުރާނަން: ރައީސް