ރާއްޖެއަށް ވަގަށް އެތެރެކުރުމުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު, މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ބަނދަރުގައި ބަހައްޓާފައި ހުއްޓައި ވަގަށް ނެގުމަށްފަހު, އެ ދެ ކޮންޓެއިނަރާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ދެ ކޮންޓެއިނަރު ގެންގޮސް އެމްޕީއެލްގެ ބަނދަރުގައި ބެހެއްޓި ކަމަށް ފުލުހުން ބުނެފި އެވެ.
ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރެޓް ގެއްލުނީ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ހުއްޓަ އެވެ. ގެއްލުނު ކޮންޓެއިނަރުގައި 13.6 މިލިއަން ސިނގިރޭޓް ހުއްޓެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ ނުވަވަނަ ދުވަހު އެވެ.
ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ, އެމްޕީއެލް ބަނދަރުން ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސް, އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކޮށްފައި ހުރި ދެ ކޮންޓެއިނަރު އެމްޕީއެލް ބަނދަރުގައި ބެހެއްޓި ކަމަށާއި ވަގަށް ނެގި ދެ ކޮންޓެއިނަރާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު އެމްޕީއެލް ބަނދަރަށް ގެންދިޔައީ ދޯންޏެއްގައި ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
އަދި ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ, ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސް, އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްލާފައިވާ ކަމަށާއި ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ހޯދާފައިވާ ކަމަށެވެ.




ގުޅުންހުރި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!
އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގުރޫޕެއް އަތުލައިގެންފި
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު