ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ދައުލަތުގެ މިނިސްޓަރުންގެ ހެލްތް އިންޝުއަރެންސަށް ދެގުނަ ބޮޑު އަދަދެއް ކަނޑައަޅައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ބަޖެޓުގެ ތަފުސީލުގައިވާ ގޮތުން މިނިސްޓަރުންގެ ހެލްތް އިންޝުއަރެންސަށް 5.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މިއީ މި އަހަރަށް ކަނޑައެޅި އަދަދަށްވުރެ ދެގުނަ ބޮޑު އަދަދެކެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައި ދައުލަތުގެ މިނިސްޓަރުންގެ ހެލްތް އިންޝުއަރެންސަށް ކަނޑައަޅާފައިވަނީ 2.5 މިލިއަން ރުފިޔާ އެވެ.
މިނިސްޓަރުންގެ ހެލްތް އިންޝުއަރެންސަށް ކަނޑައެޅި އަދަދު ބޮޑުކުރި އިރު, ދައުލަތުން އިއްޒަތް އަރުވާފައިވާ ފަރާތްތަކަށް މުޅިން އަލަށް ހެލްތް އިންޝުއަރެންސް ދޭން ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ. އެކަމަށް ބަޖެޓުގައި ވަނީ 1.2 މިލިއަން ކަނޑައަޅައިފަ އެވެ.
އިންޝުއަރެންސް ހަރަދުތައް ހަމަޖައްސަނީ ހާއްސަ ބަޖެޓުގެ ތެރެއިންނެވެ. އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ހާއްސަ ބަޖެޓަށް ވަނީ 28 ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. މިއީ ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.




ގުޅުންހުރި
2026ގެ ބަޖެޓު: އަސްކަރީ ހަރަދުތަކަށް 2.8 ބިލިއަން, މި އަހަރަށްވުރެ 683
2026ގެ ބަޖެޓް: ރައީސްގެ ރަސްމީ ގެކޮޅަށް 34 މިލިއަން, މަހަކަށް 2.8