ޑިސެމްބަރ 20, 2025

ރައީސް މުއިއްޒުގެ ވެރިކަމުގައި ހުޅުދޫ އާއި މީދޫ ވެގެންދާނީ ދުބާއީ އާއި އަބޫދާބީއަށް: ޝާޑު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ހުޅުދޫ އާއި މީދޫ ވެގެންދާނީ ދުބާއީ އާއި އަބޫދާބީއަށް ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ދެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އޭނަ ވިދާޅުވި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ހުޅުދު އާއި މީދޫގައި ވަކި ކައުންސިލްތަކެއް ހެދުމަކީ ދެ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެގެން އުޅުނު ކަމެއް ކަމަށެވެ.

ނަމަވެސް އެކަން ވާނެ ގޮތް އެއްވެސް ސަރުކާރަކަށް ކޮށް ދޭން ނުކުރެވި އޮއްވައި ރައީސް މުއިއްޒު އެކަން ކޮށް ދެއްވުމަކީ އެ މަނިކުފާނުގެ ހިތްވަރުގަދަކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް ޝާޑު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މި ބަދަލާ އެކު މީދު އާއި ހުޅުދޫ ދާނީ ވަރަށް ބާރަށް ކުރިއަށް ކަމަށެވެ. އެގޮތުން ރައީސް މިހާތަނަށް އެ ދެ ރަށަށްވެފައިވާ ވައުދުތަކާއި އަދި ކުރިއަށް ކޮށް ދޭން ހުރި ކަންކަމާ އެކު މީދު އާއި ހުޅުދޫ އަކީ ތަރައްގީ ގޮތުން ވަރަށް ކުރިއަރާފައިވާ ދެ ރަށަށް ކަމަށް ވިދާޅުވި އެވެ.

ޝާޑު ވިދާޅުވީ ދެ ރަށުގެ ރައްޔިތުންނަކީ ވެސް ޒަމާނުއްސުރެ ވަރަށް އެކުވެރި ބައެއް އުޅޭ ދެ ރަށް ކަމަށާއި އެ ދެ ރަށުގެ ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ރައީސް މުއިއްޒުގެ ސަރުކާރުން ކޮށް ދޭނެ ކަމާ މެދު އެއްވެސް ޝައްކެއް ވެސް ނެތް ކަމަށެވެ.

އޭނަ ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން އައްޑޫ ބޭނުންކޮށްފައިވާ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށާއި އެކަމަކު މި ސަރުކާރަކީ ރައްޔިތުންނަށްޓަކައި މަސައްކަތްކުރާ އިހުލާސްތެރި ސަރުކާރެއް ކަމަށެވެ އެގޮތުން ރައީސް މުއިއްޒުގެ ޒައާމަތުގައި ހުޅުދު އާއި މީދު އަށް އޮތީ ވަރަށް ވެސް ފޮނި ކުރިމަގެއް ކަމަށް ޝާޑު ވިދާޅުވި އެވެ.

11 Comments

  • Juway Rose ނޮވެމްބަރ 5, 2025

    Thaai Thaaifa Innu Ali hinga abudabi ah ei 😂😂

    • Thaai Thaaifa ނޮވެމްބަރ 5, 2025

      Juway Rose haaaa hinga 😅😅

  • Mohamed Waheed ނޮވެމްބަރ 5, 2025

    Bodu 4

  • Fathimath Abdul Kareem ނޮވެމްބަރ 5, 2025

    Ha ha ha

  • Luna Ibrahim ނޮވެމްބަރ 5, 2025

    Abu Dhabi akahves noon Aboojahulahves hadhaafaane

  • Kaito Kenji ނޮވެމްބަރ 5, 2025

    Faahanaa thashi

  • Adam Sharyf ނޮވެމްބަރ 5, 2025

    Mee kon verikamehtha Ras Ammaday Ibrahim Sunil

    • Ibrahim Sunil ނޮވެމްބަރ 5, 2025

      Adam Sharyf hulhudhoo aai meedhoo akee mihaaru dubai ge city ekey.

  • Choice Shah ނޮވެމްބަރ 5, 2025

    ދުބާއީއަށް ވާނެނަމަ މުއިއްޒުގެ ވެރިކަމުގަ ދ އަތޮޅުގެ ބައެއް ރައްތައް މިހާރު އޮންނާނީ ދުބާއީއަށްވެފަ %100 މުއިއްޒު ނުވެސް އުޅޭނެކުރާކަށް ރައްޔިތުން މިއަދުންފެށިގެން ތިއަބުނާ ދުބާއީގެ ހުވަފެންބެލުން ހުއްޓާލާ

  • As Meeka ނޮވެމްބަރ 5, 2025

    Abooo dhaba 🫨

  • Being Foodie ނޮވެމްބަރ 6, 2025

    Goofaali 😂

Leave a Reply