މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބާމްއަށް މަގުމަތިން ޖިއްސީ ފުރައްސާރަކޮށްފި އެވެ.
ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޝެއިންބާމްއަށް ޖިންސީ ފުރައްސާރަކުރީ ރިޔާސީ ގަނޑުވަރު ކައިރީ އަންގާރަ ދުވަހު އޮތް އިވެންޓަކަށް ވަޑައިގެން ސަޕޯޓަރުންނާ ވާހަކަދައްކަވަން ހުންނަވަނިކޮށެވެ.
އެ މީހާ ފަހަތުން ގޮސް ޝެއިންބާމްގެ ފަހަތުން ގޮސް އެއް އަތް ކޮނޑުމަތީގައި ބޭއްވުމަށްފަހު, އަނެއް އަތުން އުނަގަނޑާއި މޭމަތީގައި ބީހި, ކަރުގައި ބޮސްދޭން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ.
ޝެއިންބާމްގެ ސެކިއުރިޓީން ވަގުތުން އެ މީހާ ދުރަށް ޖެއްސި އިރު, އޭނާއަށް ދައުވާ ކުރައްވާނެ ކަމަށް ޝެއިންބާމް ވަނީ ވިދާޅުވެފައެވެ.
”އަޅުގަނޑު މި މައްސަލަ ހުށަނާޅައިފި ނަމަ, މެކްސިކޯގެ އެހެން އަންހެނުންނަށް ވާނީ ކިހިނެތްތޯ? އެ މީހުންނަށް ގައުމުގެ ރައީސަށް ޖިންސީ ފުރައްސާރަ ކުރެވޭނަމަ, މި ގައުމުގެ އެހެން ހުރިހާ އަންހެނުންނަށް ވާނީ ކިހިނެތް?“ ޝެއިންބާމް އިއްޔެ ދެއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, އެއީ މަސްތުވެފައި ހުރި މީހެއްކަން ނުވަތަ ނޫންކަންވެސް އެ ވަގުތު އެނގިވަޑައިނުގަންނަވާ ކަމަށެވެ. ރައީސް އެ ވާހަކަ ދެއްކެވި ފަހުން ކަމާބެހޭ އިދާރާތަކުން ވަނީ ޖިންސީ ފުރައްސާރަކުރި މީހަ ހައްޔަރުކޮށްފައިވާކަން ހާމަކޮށްފަ އެވެ.




ގުޅުންހުރި
ކުލި ނުދައްކާ ހިޔާ ފުލެޓުތަކުގެ ޖޫރިމަނާތައް މައާފުކޮށްދީފި
ދެ ތަނެއް ބަލައިފާސްކޮށް، ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ދިވެހިބަހުގެ ފޮތްތައް ލިޔާ ފަރާތްތަކަށް ފޮތް ޗާޕުކުރުމުގައި ހާއްސަ ގޮތްތަކެއް ހަމަޖައްސައިދެނީ
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!