އެމްއެންޑީއެފްގެ އެއާކޯއަށް އަސްކަރީ މަތިންދާބޯޓުތައް ހޯދުމަށް އެ މަނިކުފާނު މިހާރު ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ގަމުގައި ހެދި އެމްއެންޑީއެފް އެއާ ކޯގެ ފުރަތަމަ ސްޓޭޝަން ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ, 2040 ވަނަ އަހަރާ ހަމައަށްދާއިރު ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ގުނާލެވޭނީ ރާއްޖޭގައި ހުރިހާ ދާއިރާއަކުންވެސް ވަރުގަދަ އަސްކަރީ ބާރެއް އޮވެގެން ކަމަށެވެ. އެގޮތުން އަންނަ އަހަރަކީ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް އިތުރު ކަންކަން ކުރުމަށް މަސައްކަތް ކުރާނެ އަހަރެއް ކަމަށް ވިދާޅުވި އެވެ.
”އެއާކޯއަށް މިލިޓަރީ މަތިންދާބޯޓުތައް ހޯދުމާއި މިފަދަ ގިނަ ކަންކަން ކުރަންވެސް އަޅުގަނޑުމެން މިހާރު ވަނީ ނިންމައި އެ މަސައްކަތްވެސް ފަށާފައި. ސައިބާ ވޯފެއާއަށް އެމްއެންޑީއެފްގެ ކެޕޭސިޓީ އިތުރުކުރުމާއި ޓޯޓަލް ޑިފެންސީ އީކޯ ސިސްޓަމެއް އެމްއެންޑީއެފްގައި ގާއިމުކުރެވޭ ދުވަހަކީ އަޅުގަނޑު ދެކެން ބޭނުންވާ ދުވަސް,“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, އެމްއެންޑީއެފަކީ ވަށައިޖެހިފައިވާ ހުރިހާ ގޮތަކުންވެސް މި ޒަމާނުގެ ޓެކްނޮލޮޖީ ލިބިފައިވާ ހުރިހާ މާނައެއްގައިވެސް މި ގައުމު ހިމާޔަތްކޮށް ދިފާއުކުރުމަށްޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ ކުރީ ސަފުގައި އެންމެ ވަރުގަދައަށް މަސައްކަތް ކުރެވޭނެވަރުގެ ކެޕޭސިޓީ ގާއިމުވެފައިވާ ފޯސްއަކަށް ހެދުމަކީ އެ މަނިކުފާނުގެ ވަރުގަދަ އަޒުމުގައިކޮށް ކާމިޔާބުކުރާނެ ކަމެއް ކަމަށެވެ.




ގުޅުންހުރި
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި
އަގު ވެއްޓޭ ކަމަށްބުނެ ވިޒިޓް މޯލްޑިވްސް އެމްބެސެޑަރުކަމުން ”ޓޫއޮފްއަސް“ ސަސްޕެންޑުކޮށްފި
މިހާތަނަށް 35،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސުޖާތާ އިސްތިއުފާ ދެއްވައިފި
ރައީސްގެ މޭޔަރާއި ކައުންސިލް ހޮވީމައި މެނިފެސްޓޯގައިވާ ހުރިހާ ކަމެއް ޝައްކެއް ނެތި