ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން ކަމަށާއި އެ ކަންކަން ދެއްވުމުގެ ބާރު ލިބިވޮޑިގެންވަނީ މާތް الله އަށް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމްދީން“ މި މައުޞޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ބާއްޖަވެރިކަމަކީ އިސްނާނުން އެ ނިއުމަތެއް ހޯދުމަށްޓަކައި އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ނިއުމަތް ކަމަށެވެ. އެ އުފާވެރިކަމާއި ބާއްޖަވެރިކަން އޮތީ މުދަލާއި ފައިސާއާއި ޖާހާއި މަންސަބާއި މަޝްހޫރުކަމުގައި ކަމަށް މިއަދު ގިނަ ބަޔަކު ގަބޫލުކުރާ ކުރި ނަމަވެސް ބާއްޖަވެރިކަން ލިބޭނީ އެކަލާނގެއަށް ކިޔަމަންތެރިވުމުން މެނުވީ އެކަންކަން ހާސިލުނުވާނެ ކަމަށްވެސް ބުންޏެވެ.
ބާއްވެރިކަމުގެ އަސާސަކީ އިސްލާމް ދީންކަން ފާހަގަކޮށް ހުތުބާގައި ބުނީ, އިސްލާމް ދީނަކީ މާތް الله އިންސާނުން މި ދުނިޔޭގައި ދިރިއުޅުމަށްޓަކައި އިހްތިޔާރު ކުރައްވާފައިވާ މަގު ކަމަށާއި އެއީ ނަފުސުގެ ހަމަޖެހުމާއި ހިތްތައް އިސްލާހުގެ މަގަށް ގެންދާ ފުރިހަމަ ނިޒާމު ކަމަށެވެ. އަދި ސޯލިހު އަމަލުކުރާ މުއުމިނުންނަށް ރަނގަޅު, ބާއްޖަވެރި ދިރިއުޅުމެއް ދެއްވާނެކަމާއި ނަމަވެސް އިސްލާމް ދީނާ ދުރުވެ އެކަލާނގެ މަގުން އެއްކިބާވާ މީހުންނަށް އޮތީ އޭގެ އިދިކޮޅު ކަމަށް މާތް الله ވަހީކުރައްވާފައިވާ ކަމަށްވެސް ބުންޏެވެ.
މާތް الله ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
”އަދި ތިމަންރަސްކަލާނގެ ގުރުއާނަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ, ހަމަކަށަވަރުން, އެ މީހަކަށް އޮތީ, ދަރި ދިރިއުޅުމެކެވެ. އަދި ގިޔާމަތް ދުވަހުން އެ މީހަކު ކަނު މީހެއްގެ ގޮތުގައި މަޝްރަށް ފޮނުއްވާހުށީމެވެ,“
ހުތުބާގައި ބުނީ, އެ ކަމެއް ހޯދާން މީސްތަކުން މަސައްކަތްކުރަމުންދާ ދުނިޔެވީ ބާއްޖަވެރިކަން، އޭގެ އެންމެ ފުރިހަމަ ގޮތުގައި އިސްލާމީ ޝަރީއަތް ވަނީ، ހޯދައިދީފައި ކަމަށާއި އިސްލާމީ ޝަރީއަތުގައި ވަނީ އަދުލުވެރިކަމާއި އިހުސާންތެރިކަމާއި މީސްތަކުންގެ ހައްގުތައް ރައްކާތެރިކޮށްދީފައިވާ ކަމަށެވެ.
އެގޮތުން މި ޝަރީއަތުގައި ފަގީރުންނާއި ޔަތީމުންނާއި އަންހެނުންނާއި ކުޑަކުދީންނާއި ޣައިރުމުސްލިމުންނަށް ވެސް ދުނިޔޭގެ އެއްވެސް ނިޒާމެއްގައި ނުދޭހާ ފުރިހަމައަށް، އެ ހައްގުތައް ކަށަވަރުކޮށްދީފައިވާ ކަމަށާއި ހަމަ އެހެންމެ އިސްލާމީ ޝަރީއަތް ވަނީ މީސްތަކުންގެ ކިބައިގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ރަޙުމަތާއި އިއްފަތްތެރިކަމާއި އިހުސާންތެރިކަން އަށަގެންނެވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ, އިސްލާމް ދީން ފަދަ ފުރިހަމަ ނިޒާމެއް، ފަލްސަފާއެއް ނުވަތަ އުސޫލެއް އިސްލާމްދީން ފިޔަވައި މި ދުނިޔެއަކު ނުވާ ކަމަށާއި މިއީ ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަމާއި ނިއުމަތަށް އިންސާނާ ގެންދާ ދީން ކަމަށެވެ.




ގުޅުންހުރި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
މިއީ މަތިވެރި ދަރުމަ ލިބުމުގެ އިތުރަށް ރޯދައަށް ތައްޔާރުވާންވީ މަސް: ހުތުބާ
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ދަރީން ނަމާދަށް އަހުލުވެރިކުރުވަން އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ވެސް ފާފަވެރިވާނެ އެވެ.
އެމީހަކު ބޭނުން މައުލޫއެއްގައި ބޭނުން ހުތުބާއެއް ކިޔާ ނަމަ، ހަމަނުޖެހުން އުފެދިދާނެ:
ބިރުވެރިކަމުގައި އާހިރަތް ދުވަހު އުޅޭނީ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެގެން، ތައްޔާރުވޭ!: