ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރަން ނިންމާފައި އޮއްވައި, އެ ރަށުގައި ހަތަރު މިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގަން ބަޔަކާ ހަވާލުކޮށްފި އެވެ.
ދޮޅު އަހަރުގެ ތެރޭގައި ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ނަމަވެސް އެކި ރަށްރަށުގައި 206 މަޝްރޫއެއް ހިންގަން އިއްޔެ ދިވެހި އަމިއްލަ ކުންފުނިތަކާ ހަވާލުކުރި ރަސްމިއްޔާތުގައި ހިރިމަރަދޫގައި ކުނި މެނޭޖްކުރާ ސެންޓަރެއް ހަދަން 4.1 މިލިއަން ރުފިޔާއަށް ބިލްޑްޓެކް ކިޔާ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ.
އެކަމާ ގުޅިގެން ސަރުކާރުން ފާޑުކިޔަމުންދާއިރު ރާއްޖޭގެ އޮންލައިން ނޫހަކަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ދެއްވި އިންޓަވިއުއެއްގައި ވަނީ އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ, ހިރިމަރަދޫން މީހުން ބަދަލުކުރަން ނިންމާފައި އޮތް ނަމަވެސް އެ ރަށުގައި ދިވެހި ރައްޔިތުން ދިރިއުޅެމުންދާހާ ހިނދަކު ސަރުކާރުން ގާއިމުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުންދާނެ ކަމަށެވެ.
ހީނާ މިހެން ވިދާޅުވި އިރު، ހިރިމަރަދޫން ގޯތި ދޫކުރުން ވެސް ހައުސިން މިނިސްޓްރީން ވަނީ ހުއްޓުވައިފަ އެވެ.
ހައުސިން މިނިސްޓްރީން މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ނެރުނު އިއުލާނުގައި ބުނީ ހިރިމަރަދޫން އެ މަހުގެ 24 ގެ ނިޔަލަށް ގޯތި ލިބިފައިވާ މީހުންނަށް ހަނިމާދޫން ގޯތި ލިބޭނެ ކަމަށެވެ. އެހެންވެ،
ހދ. އަތޮޅުގެ ރަށްތަކަށް މިދިޔަ އޮގަސްޓް މަހު ފެއްޓެވި ދަތުރުފުޅުގައި ހިރިމަދުއަަށް ވަޑައިގެން، ރައީސް ވަނީ އެ މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ގާއިމުކުރަން އެޗްޑީސީއާ ވެސް ހަވާލުކޮށްފަ އެވެ.




ގުޅުންހުރި
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ވެލެންސިއާ ރެލިގޭޓުކޮށްލުމަށް، ގްރީނުން މެޗު ފިކްސިންގެ އަމަލު ހިންގިކަމުގެ ތުހުމަތު