މާލެއިން ގދ. އަތޮޅަށް ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަށް އަރައި އަޑިއަށް ގޮސްފިއެވެ.
”ހަފްތާ“އަށް އެނގިފައިވާ ގޮތުގައި ފަރަށް އަރާފައިވަނީ ”ފަހިރޯޅި“ ނަމަކަށް ކިޔާ ގދ. ފަރެސްމާތޮޑާގެ ބޯޓެކެވެ.
އެ ބޯޓު ފަރަށް އަރާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އިއްޔެ އެ ބޯޓު އަޑިއަށް ގޮސްފައިވާ އިރު، އެއްވެސް މުދަލެއް ސަލާމަތް ވެފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެ ހާދިސާ ހިނގިތާ 24 ގަޑިއިރު ފަހުން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިއަދު ބުނީ، މާލެއިން މުދާ ބަރުކޮށްގެން ފަރަސްމާތޮޑާއަށް ދަތުރުކުރި ފަހިރޯޅި ބޯޓު، ވ. ފެލިދޫ ކައިރި ފަރަކަށް އަރާފައިވާ ކަމުގެ މައުލޫމާތު އިއްޔެ ފަތިހު 5:01 ހާއިރު ލިބިފައިވާ ކަމަށެވެ.
ބޯޓުގައި ތިބި މީހުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ފެލިދުއަށް ގެންގޮސްފައި ކަމަށާއި އެއީ އެ ބޯޓުން ދަތުރުވެރިންގެ ގޮތުގައި ދަތުރުކުރި ފަސް ބިދޭސީންނާއި ދިވެއްސެއްގެ އިތުރުން ބޯޓުގެ ކެޕްޓަނާއި ވެރިފަރާތް އަދި ހަތަރު ބިދޭސީ ފަޅުވެރިން ހިމެނޭހެން ޖުމުލަ 12 މީހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ބޯޓު ފަރަށް އަރައި ބޯޓުގެ މައްޔާ ފަޅައިގެން ގޮސް ދިޔަވެ، ބޯޓުގެ ބޮޑުބައި މިހާރު އޮތީ އަޑީގައި ކަމަށެވެ. އަދި އެ ހާދިސާ ހިނގި ގޮތް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.




1 Comment
ގުޅުންހުރި
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ކުންފުންޏެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރަށް