ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކޮށްފައިވާ ދެ މައްސަލައަކާ ގުޅިގެން ވަޒީފާ އިން ވަކިކޮށްފައިވާ ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް މަހްމޫދު ރިޔާޒަށް އަލުން ވަޒީފާ ދޭން ރައީސަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މަހުމޫދު ރިޔާޒް ވަކިކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ މިދިިޔަ މަހުގެ ފަހުކޮޅެވެ. އޭނާއާއެކު ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ވަހީދު ވެސް ރައީސް ވަކިކުރެއްވިއެވެ.
ރައީސް އެގޮތަށް ނިންމަވާފައިވަނީ، ހޯކްސް މައްސަލައާއި ބޮންޑެޑްވެއާ ހައުސްއިން ސިނގިރޭޓްތައް ނެރުނު މައްސަލަ 241 ކޮމިޓީން ތަހުގީގު ކުރުމަށްފަހު، އަޅަން ޖެހޭ ފިޔަވަޅުތައް ހިމަނައިގެން ތައްޔާރުކޮށް ހުށަހެޅި ރިޕޯޓާ ގުޅިގެންނެވެ.
މަޖިލީހުގެ 241 ކޮމިޓީން އަލުން އެ މައްސަލަ ބަލަން ފަށާފައިވަނީ، ރިޔާޒް ވަކިކުރުމާ ގުޅޭ މައްސަލަ އަލުން މުރާޖައާ ކޮށްދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވުމުންނެވެ.
މެންބަރު މުހައްމަދު އިބްރާހިމް ކޮމިޓީއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ރިޔާޒަކީ އިހުލާސްތެރިކަމާއެކު ކަސްޓަކްސްގައި 30 އަހަރު ހިދުމަތްކޮށްފައިވާ ފަރާތެއް ކަމަށެވެ. އަދި ހިދުމަތުގެ ދިގު މުއްދަތުގައި އެފަދަ އެއްވެސް ކަމެއްގައި ރިޔާޒުގެ އެއްވެސް ނުރަނގަޅު ރެކޯޑެއް އޮތްކަމަށް ނުފެންނާތީ އެ މައްސަލަ އަލުން މުރާޖައާ ކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
އެ މައްސަލަ ބަލައި ނިންމުމަށްފަހު 241 ކޮމިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒްގެ ސީދާ ބައިވެރިވުމެއް ކޮމިޓީން ދިރާސާކުރި އެ މައްސަލަތަކުގައި އޮތް ކަމަށް ބެލެވެން ނެތް ކަމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
ކޮމިޓީން ނިންމާފައިވާ ގޮތަށް ރިޔާޒްގެ މަގާމު އަލުން އިއާދަކޮށްދިނުމަށް ލަފާ އެރުވުމަށް ނިންމާފައިވާތީ، ރައީސުލްޖުމްހޫރިއްޔާއަށް މިހާރު އެ ލަފާ އަރުވާފައިވާ ކަމަށް ކޮމިޓީގެ ބަޔާނުގައި ބުންޏެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެންމަތިވެފައިވާ މައްސަލައިގައިވާ ގޮތުން، ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން ނުވަތަ 84،000 ސިނގިރޭޓު ފޮށި، ތިލަފުށީގައި ހުންނަ ބޯޓު ޔާޑު ޖެޓީއަށް ބާލައިގެން އެތެރެކުރިއެވެ.




ގުޅުންހުރި
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން ރައީސް ވަހީދު އިސްތިއުފާދެއްވައިފި