ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފުންގެ އަތުން ފައިސާ ސޫޓް ކޭސް ފޭރިގަތް މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ފަހުން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު (27އ)، ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދު (44އ) އަދި ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލް (21އ) އެވެ.
ފުލުހުން ބުނީ އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ފުރަތަމަ ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ ލ. މާވަށް، ރޭޝަމް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް، އަހްމަދު ރައިހާން ނައީމް (20އ)، ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ) އަދި ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދު (30އ) އެވެ. ކ. ހުރާ އިން ހައްޔަރުކުރި އެ ހަތަރު މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ، ވީއައިއޭގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކު ގެންގުޅުނު ފައިސާ ހުރި ސޫޓު ކޭހެެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވާ މައްސަލައެއް މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ފަތިހު 4:45 އެހާކަންހާއިރު، ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ފައިސާ ސޫޓް ކޭސްގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން އެ ދުވަހު ދޫކުރަން ޖެހޭ ޑޮލަރެވެ.




ގުޅުންހުރި
ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި ތިން ޒުވާނަކު ހައްޔަރުކޮށްފި
ވަޒީފާ އަދާކުރާ ރިޓަޔާޑް ފުލުހުންނަށް ރިޓަޔަމަންޓް އިނާޔަތް މެދުކަނޑާލަން ނިންމައިފި
ރޯވި ސަފާރީގައި ތިބި 17 ފަތުރުވެރިންނާއި އަށް ފަޅުވެރިން ސަލާމަތްކޮށްފި
ތަކުރާރުކޮށް ކުށްކުރާ މީހުންގެ މައްސަލަތައް އަވަސްކުރަނީ
ވީއައިއޭގެ އާ ޓާމިނަލުން 5 މަސްތެރޭ 500،000 ފަސިންޖަރުންނަށް ހިދުމަތް ދީފި
މާލޭގެ ގެއެއް ބަލައި ފާސްކޮށް، ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި