ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު، މިއަދު އަލުން ފަށައިފި އެވެ
ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ބިން ހިއްކަން ފެށީ ސެޕްޓެމްބަރު 2023ގަ އެވެ. އެ މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނާ ގޮތުން އެ މަޝްރޫއުގެ ދަށުން މިހާތަނަށް 24 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ނަމަވެސް ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިސް ކުރުމުގެ މަސައްކަތް ފެށުމުން އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
’ހަފްތާ‘ އަށް އެނގިފައިވާ ގޮތުގައި އެ މަޝްރޫއުގެ ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފެށި އިރު، ބިން ހިއްކާ ސީއެމްސީއަށް ފައިސާ ދައްކަނީ މެރިން އެންޑް އިންޓަގްރޭޓެޑް އިންފްރާންސްޓްރަކްޗާ ޑިވެލޮޕްމަންޓްގެ ނަމުގައި އެމްއޭސީއެލްގެ ދަށުން އުފެއްދި ކުންފުންޏަކުންނެވެ.
މިކަން ޔަގީން ވަނީ ބިން ހިއްކުން އަލުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި މެރިން އެންޑް އިންޓަގްރޭޓެޑް އިންފްރާންސްޓްރަކްޗާ ޑިވެލޮޕްމަންޓުގެ ވެސް މެނޭޖިން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ޝަރީފު ހުންނެވުމެވެ.
ބިން ހިއްކަން އެމްއޭސީއެލް އިން އާ ކުންފުންޏެއް ހެދި އިރު، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަސައްކަތާއި ހަވާލުވާން ވެސް އެމްއޭސީއެލް އިން އާ ކުންފުންޏެއް ވަނީ އުފައްދައިފަ އެވެ.




2 Comments
ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 41 ހެކްޓަރު ހިއްކާ ނިންމައިފި، މިހާރު އެއީ
ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސް ދިއްދޫ ބިން
ރަސްމާލެ ހިއްކުން: 1 މަސް ތެރޭ ތިލަފުށީގެ ބިމުގެ ސައިޒަށްވުރެ ބޮޑު
ދިއްދޫ ބިން ހިއްކަން ގެނައީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަނެއް
ހުއްދަނެތި ވީއައިއޭގައި ވިޔަފާރިކުރާ ނަމަ، ފިޔަވަޅު އަޅާނެކަމުގެ އިންޒާރު
ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓު ފްލައިޓް ޖައްސައިފި