ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލެ އިންޖީނުގެއަށް 1200 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް އިއްޔެ ގެންގޮސްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން ބުނީ, މި ޖެންސެޓް އިންސްޓޯލްކޮށް ކޮމިޝަން ކުރުމާއެކު, ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަރަންޓު ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ, ޔަގީންކުރެވިގެންދާނެ ކަމަށެވެ.
ސްޓެލްކޯ އިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އއ. އުކުޅަހަށްވެސް އިތުރު ޖެންސެޓެއް ގެންގޮސްފަ އެވެ. އެ ރަށަށް ގެންދިޔައީ 1,000 ކިލޯވޮޓްގެ ޖެންސެޓެކެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެ ޖެންސެޓަކީ ލޯކަލް ޓޫރިޒަމްގެ ދާއިރާއިންނާއި އުމްރާނީ ގޮތުން އެ ރަށަށް އަންނަމުންދާ ތަރައްގީއާ ގުޅިގެން ކަރަންޓުގެ ހިދުމަތް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ, ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އެ ރަށަށް ގެންދިޔަ ޖެންސެޓެކެވެ.




ގުޅުންހުރި
މި ބަންދުގައި ސްޓެލްކޯގެ ކައުންޓަރުތައް ބަންދުވިޔަސް، ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ލިބޭނެ
ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ހުޅުވައިފި
ސްލްކޯއިން ތުލުސްދޫގައި ގާއިމުކުރި ފެނުގެ ނިޒާމު އިފްތިތާހުކޮށްފި
ސްޓެލްކޯ އިން ދިއްފުށީގައި ހެދި އިންޖީނުގެ ހުޅުވައިފި
ސްޓެލްކޯގެ ސްކިލްސް އެކަޑަމީގައި އެމްއެންޔޫގެ ކޯސްތައް ފަށަން ތައްޔާރުވެއްޖެ
ސްޓެލްކޯއަށް ޚިދްމަތް ކުރުމަށް ފަހު ރިޓަޔާކުރި ދެ މުވައްޒަފެއްގެ އަގުވަޒަންކޮށްފި