ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ފޭސް ދޭއް، ނިކަގަސްމަގުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއްގައި ރޭ ހިނގާފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ،
އެ އެކްސިޑެންޓުގައި ނިޔާވީ ކ. ދިއްފުށި، ލައިޓް ގާޑަން، އިސްމާއިލް ރަޔާން ބިން ނާޒިމް (19އ) އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައިވަނީ ނިކަގަސްމަގުން ވަންވޭ އާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް މަގަށް އެޅި އެހެން ސައިކަލެއްގައި ޖެހިގެން ކަމަށެވެ.



