ޑުރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަކޮށްގެން ހާއްސަ އޮޕަރޭޝަނެއް ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ޑުރަގުގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޑުރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގަވާފައިވާނެ ކަމަށް ވިދާޅުވި އެވެ.
އެ އޮޕަރޭޝަންގެ ތަފުސީލު ދެމުން ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ އޮޕަރޭޝަން ދީފައިވާ ނަމަކީ ”އޮޕަރޭޝަން އަލިމަގު“ އެވެ. މިއީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭ ގޮތަށް ފަށާފައިވާ އޮޕަރޭޝަނެއް ކަމަށްވެސް ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، މިއަދު ހެނދުނު 5:30 ގައި ފެށި އެ އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާ ކަމަށެވެ. އަދި ސްޕެޝަލައިޒްޑް ޑިޕާޓްމަންޓަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލައިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާ ކަމަށްވެސް ބުންޏެވެ.
މިއީ ފުލުހުން ބުނާ ގޮތުގައި ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ޑުރަގާ ދެކޮޅު ހަރަކާތެވެ.




1 Comment
ގުޅުންހުރި
ރޯވި ދޯނިން ދަތުރުކުރަމުންދިޔަ ފަސް މީހަކަށް އަނިޔާވެގެން ފަރުވާދެނީ
15 މީހުންނާއެކު ދަތުރުކުރަމުންދިޔަ މަސްދޯންޏެއްގައި ރޯވެއްޖެ
މުސާރަދެނީ ރައްޔިތުން، ވަޒީފާ ގެއްލިދާނެތީ ބިރު ގަންނަން ނުޖެހޭނެ: ފައިސަލް
ވެރިކަމުގެ ބާރުން މަޖިލިސް ހޯދަން އެންމެ ރަގަޅުގޮތަކީ ދެ އިންތިޚާބު އެއްކޮށްލުން:
ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީފި
ރޯދަމަހު ވަކި ބަޔަކަށް ގޭތެރޭގެ މަސައްކަތް ދޫކޮށްފައި، ތިމާ އަޅުކަމުގައި އުޅުމަކީ