މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގަން ފެށި ”އޮޕަރޭޝަން އަލިމަގު“ގެ ތެރެއިން 90 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން އެ އޮޕަރޭޝަން ފަށާފައިވަނީ، ޑުރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަކޮށްގެން ހާއްސަ އޮޕަރޭޝަނެއް ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެންގެވުމާ ގުޅިގެންނެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ޑުރަގުގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޑުރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގަވާފައިވާނެ ކަމަށް ވިދާޅުވި އެވެ.
އެ އޮޕަރޭޝަންގެ ތަފުސީލު ދެމުން ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ އޮޕަރޭޝަން ދީފައިވާ ނަމަކީ ”އޮޕަރޭޝަން އަލިމަގު“ އެވެ. މިއީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭ ގޮތަށް ފަށާފައިވާ އޮޕަރޭޝަނެއް ކަމަށްވެސް ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، މިއަދު ހެނދުނު 5:30 ގައި ފެށި އެ އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާ ކަމަށެވެ. އަދި ސްޕެޝަލައިޒްޑް ޑިޕާޓްމަންޓަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލައިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާ ކަމަށްވެސް ބުންޏެވެ.
އޭގެ ފަހުން އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 90 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ވަނީ އޮޕަރޭޝަންގެ ތެރެއިން ހިފެހެއްޓި ޑްރަގުގެ ބައެއް ތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހިމެނޭ ފޮޓޯތައް ވެސް އާންމުކޮށްފައެވެ.
ފުލުހުން ބުނާ ގޮތުގައި މިއީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ޑުރަގާ ދެކޮޅު ހަރަކާތެވެ.




ގުޅުންހުރި
ގްރޫމްކޮށް ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ
މާލީ އަހުލާގު ދެމެހެއްޓުމަކީ މައިގަނޑު ސިޔާސަތެއް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ: ރައީސް
ނީލަމުގައި ފުލުހުން ވިއްކަނީ ހިޔާނާތުގެ މައްސަލައަކާ ގުޅޭ ހުއިފިލަނޑާތަކެއް