މާލެ ސަރަހައްދުގައި ހަދާ 3000 ހައުސިން ޔުނިޓުގެ ތެރެއިން ހުޅުމާލޭގައި 2700 ހައުސިން ޔުނިޓު އަދި ވިލިމާލޭގައި 300 ހައުސިން ޔުނިޓު ހަދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ، އެ ޔުނިޓުތައް ހެދުމަށް ”ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑް“ގެ ނަމުގައި ބީއެމްއެލުން އުފެއްދި ސަބްސިޑަރީ ކުންފުންޏާ އެ ބިންތައް ހަވާލުކޮށްފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ބީއެމްއެލުން އެ މަޝްރޫއު ކުރިއަށްގެންދާނީ ރެންޓް އޯންޑް މޮޑެލްގެ ދަށުން ކަމަށެވެ.
”މި ޕްރޮޖެކްޓުގެ ތެރެއިން ވިލިމާލޭގައި 300 ހައުސިން ޔުނިޓު، ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ތިނެއްގައި 2700 ޔުނިޓު އެޅިގެންދާނެ،“ މިނިސްޓަރު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ ބީއެމްއެލަށް އެ ބިންތައް ދޫކުރަނީ އެއްވެސް އަގެއް ނުނަގާ ގޮތަށް ދައުލަތުން އެ އަގުގައި ހިފާ ގޮތަށް ކަމަށާއި އޭގެ ސަބަބުން އެ ޔުނިޓުތަކުގެ އަގު މިހާރު މި ދޫކުރާ ޔުނިޓުތަކުގެ އަގާ ގާތްގަނޑަކަށް އެއްވަރަކަށް ހިފެހެއްޓިގެންދާނެ ކަމަށެވެ.
އެ ޕްރޮޖެކްޓުގެ ތެރެއިން އިމާރާތްކުރެވޭ ފުލެޓުތައް ދެވޭނީ ސަރުކާރުން އިއުލާންކުރާ ޕްރޮގްރާމަށް އިއުލާންކުރާ ފަރާތްތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




ގުޅުންހުރި
އަންނަ މަހުގެ 15 ގައި ފުލެޓާއި ގޯއްޗަށް ހުޅުވާލަނީ
މީހަކު 100 އަށްވުރެ ގިނަ ކާޑުގެ ޑޮލަރު ލިމިޓު ބޭނުންކުރި މައްސަލައާއެކު
ބީއެމްއެލުން ލަންކާއަށް އެހީގެ ގޮތުގައި 25،000 ޑޮލަރު
ހިޔާ އާއި ވިނަރެސްއަށް ދޫކުރި ލޯނުތަކުގެ އިންޓަރެސް ރޭޓު ކުޑަކޮށްދިނުމަށް ރައީސް
ބޯޑުގެ ހުއްދައާ ނުލައި ލޯނު ދޫކުރަމުންދާ ކަމަށްބުނާ ވާހަކަތައް ބީއެމްއެލުން ދޮގުކޮށްފި
ފުވައްމުލަކު 400 ފްލެޓް މަޝްރޫއު: ނިންމައި ތަޅުދަނޑި ހަވާލުކުރަން އޮތް ދުވަހު