މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަންދޭ ކެޓަގަރީތައް ކަނޑައަޅައި އެ ކެޓަގަރީތަކަށް ދޫކުރާ ޔުނިޓުގެ އަދަދު ހައުސިން މިނިސްޓްރީން ކަނޑައަޅައިފި އެވެ.
އަށާރަ އަހަރުން މަތީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތު، ”ބޯހިޔާވަހިކަން އެންމެންނަށް“ އިއްޔެ ވަނީ އިފުތިތާހުކޮށްފަ އެވެ. އަދި އެ ސިޔާސަތުގެ ދަށުން އިއްޔެ ވަނީ މާލޭ ރަށްވެހިންނަށް ފްލެޓާއި ގޯތި ދިނުމަށް ދެ ސްކީމެއް އިއުލާންކޮށް، އެކަމުގެ އުސޫލު އާންމުކޮށްފަ އެވެ.
އެ އުސޫލުގެ 15 ވަނަ މާއްދާގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަންދޭ 14 ކެޓަގަރީއެއް ވަނީ ކަނޑައަޅައިފަ އެވެ.
އޭގެ ތެރެއިން އެއް ކެޓަގަރީއަކީ އަލަތު ކައިވެނިކުރާ ފަރާތްތައް/ ޒުވާން އާއިލާތަކެވެ. ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެ ކެޓަގަރީއަށް ހާއްސަކުރަން ނިންމާފައިވަނީ 250 ފްލެޓެވެ.
އިސްކަންދޭ ކެޓަގަރީތަކުގައި ދެން ހިމެނެނީ:
- އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުން
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މުވައްޒަފުން
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑީޝިއަރީގެ މުވައްޒަފުން
- މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިން
- މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ މީހުން
- ވެށިފަހި މާލެ އާއި ހިޔާ މަޝްރޫއުން ލިޔުން ލިބި، ފްލެޓް ނުލިބޭ މީހުން
- ފަގީރު އާއިލާތައް




ގުޅުންހުރި
ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަލުން ގުރު ނަގަން ފަށައިފި
ގޯއްޗާއި ފުލެޓަށް ހުޅުވާލިތާ 7 ދުވަސް: 1600 އަށްވުރެ ގިނަ އެޕްލިކޭޝަން
ފުރަތަމަ 24 ގަޑިއިރު ތެރޭ ގޯއްޗާއި ފުލެޓަށް 518 އެޕްލިކޭޝަން
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ މީހުންގެ ގުރުއަތުލުން ފަށައިފި
ބޯހިޔާވަހިކަމަށް ބަޖެޓުގައި ޖެހި 1.8 ބިލިއަންގެ ތެރެއިން ހަރަދުކުރީ އެންމެ 10