މި ސަރުކާރުން ހިންގާ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ދޫކުރާ ފުލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ ހަތަރުވަނަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ.
މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތު ރޭ އިއުލާންކޮށް، ގޯއްޗާއި ފުލެޓު ދޭނެ އުސޫލުތައް ވަނީ ގެޒެޓުކޮށްފައެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުންނާއި ރަސްމާލެއިން ދޫކުރާ ގޯއްޗާއި ފުލެޓަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ ހަތަރުވަނަ ދުވަހުން ފެށިގެން އަންނަ މާޗް ތިންވަނަ ދުވަހުގެ ނިޔަލަށް www.hiyaavehi.gov.mv ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވޭނެ ކަމަށެވެ.
އެގޮތުން އެޕްލިކޭޝަން ހުށަހެޅޭނީ ”މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު“ ނުވަތަ ”މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލު“ ގެ ތެރެއިން ކޮންމެވެސް އެއް އުސޫލެއްގެ ދަށުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން ޖުމުލަ 7500 ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން މާލެ ރަށްވެހިންނަށް ވަނީ 4000 ފުލެޓު ހާއްސަކޮށްފައެވެ. މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1500 ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވާ އިރު، ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހާއްސަ ކެޓަގަރީތަކުގެ މީހުންނަށް ވެސް ފުލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ ޖުމުލަ 15,000 ގޯއްޗެވެ. އޭގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000 ގޯތި އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3000 ގޯތި ވަނީ ހާއްސަކޮށްފައެވެ. މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1500 ގޯތި ހާއްސަކޮށްފައިވާ އިރު، މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް 500 ގޯތި ވަނީ ހާއްސަކޮށްފައެވެ.




ގުޅުންހުރި
އެކަނިވެރިންނަށް 100 ފުލެޓު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް 100 ފުލެޓު
އަލަތު ކައިވެނިކުރާ ފަރާތްތަކާއި ޒުވާން އާއިލާތަކަށް 250 ފްލެޓް
މާލެ ސަރަހައްދުގައި 7000 ފުލެޓު ހަދަނީ، ރަސްމާލެއިން ފުރަތަމަ ދޫކުރާނީ 15000
ފުވައްމުލަކު 400 ފްލެޓް މަޝްރޫއު: ނިންމައި ތަޅުދަނޑި ހަވާލުކުރަން އޮތް ދުވަހު
އެމްއޭސީއެލް އިންވެސް ރަސްމާލެ ހިއްކަން ފަށަނީ, މިއީ އެތަން ހިއްކަން ހަވާލުވާ
ރަސްމާލެ މަޝްރޫއު: އަހަރެއް ތެރޭ ހިއްކާ ނިމުނީ 10 ޕަސެންޓް!