ކުރިއަށްއޮތީ މާ ފާގަތި ތިން އަހަރު ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމު ހަމަމަގަށް އަޅުއްވާފައިވާ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
”ސަންގުޓީވީ“އަށް ނައިބު ރައީސް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ގައުމުގެ އިގުތިސާދާއެކު ހުރިހާ ދާއިރާއެއް ވެސް އޮތީ ވަރަށް ދެރަ ހާލަތެއްގައި ކަމަށާއި އެ މަނިކުފާނަށް ފުރަތަމަ ވެސް ޖެހިވަޑައިގެންނެވީ ގައުމު ހަމަމަގަށް އެޅުއްވުމަށް ކަމަށެވެ.
އެގޮތުން ކުރެއްވި މަސައްކަތާއެކު ރައީސް ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ގައުމު ހަމަމަގަށް އަޅުއްވައި، އިގުތިސާދު ވެސް ރަނގަޅުކުރައްވާފައި ކަމަށާއި ރައީސް ތަންފީޒުކުރެއްވީ ހަރުދަނާ ސިޔާސަތުތަކެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ކުރީގެ ރައީސުން ލުއިގޮތް ހިޔާރުކުރެއްވި ނަމަވެސް، އެއާ މުޅިން ހިލާފަށް ރައީސް މުއިއްޒު ހިޔާރުކުރެއްވީ ގައުމަށް އެންމެ ފައިދާވާ ނިންމުންތައް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ތަޅު އެޅުވިފައިވާ ބިލުތައް ވެސް މިހާރު ފާސްކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މި ސަރުކާރުގެ ފުރަތަމަ ބަޖެޓު ފާސްކުރީ ވެސް ޖެއްސުމަށް ކަމަށާއި ސަރުކާރު ވައްޓާލައި ބަޣާވާތް ވެސް ކުރި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.




ގުޅުންހުރި
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ
މާލީ އަހުލާގު ދެމެހެއްޓުމަކީ މައިގަނޑު ސިޔާސަތެއް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ: ރައީސް
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް: