މާލޭ ސިޓީ ކައުންސިލާ މެދު ރައްޔިތުންގެ ޝަކުވާ ހުރި ކަމަށް ވިދާޅުވެ، މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މާލޭގެ ކުރީގެ މޭޔަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު، ކުރެއްވި މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ. އަދި ސަރުކާރުން މާލެއަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަން ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.
އަންނަ ހަފުތާއިން ފެށިގެން މާލޭގެ އަވަަށްތަކާއި ހުޅުމާލެ ދެ ފިޔަވައްސަކަށް ބަހާލައިގެން ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށާއި މިހާރުގެ ސިޓީ ކައުންސިލުގެ މަސައްކަތްތައް ހުރި ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި، އަންހެނުންނާއި ޒުވާނުން އިސްވެ ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ނިންމަވާފައިވާ ކަމަށެވެ.
މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ބައްދަލުވުންތަކަކީ ވަރަށްވެސް ކާމިޔާބު، ނަތީޖާ ފެނިގެންދިޔަ ބައްދަލުކުރެއްވުންތަކެއް ކަމަށެވެ.




2 Comments
ގުޅުންހުރި
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ
މާލީ އަހުލާގު ދެމެހެއްޓުމަކީ މައިގަނޑު ސިޔާސަތެއް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ: ރައީސް
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް: