އއ. މާޅޮހުގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު، އޯކިޑްމާގެ، އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ތިން މީހަކަށް ދައުވާކޮށްފިއެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އަނިޔާވެރިކޮށް މަރާލާފައިވަނީ، މާޅޮސް، މާހިޔާ ގޭގައި އޭނާ ނިދާފައި އޮއްވައި މިދިޔަ ޖުލައި މަހުގެ 13 ގައެވެ.
އެ މައްސަލައިގައި ހިމެނޭ އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދުގެ މައްޗަށް ކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
ދެން ހިމެނޭ ދެ މީހުން ކަމަށްވާ މާޅޮސް، ލިލީފެހި، މުހައްމަދު ވިސާމާއި މާޅޮސް، ފިނިވާގެ، އަހުމަދު ފާރިސްގެ މައްޗަށް ކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
އަބްދުއްރަހްމާން ގޭގައި ވަރުގަދަ ޒަހަމްތަކާއެކު މަރާލާފައި އޮއްވައި އެންމެ ފުރަތަމަ ފެނުނީ އޭނާގެ އަންހެނުން ނާޒިމާއަށެވެ. އެ މަރުގެ މައްސަލައިގައި އަބްދުއްރަހްމާންގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ވެސް ވަނީ ހަދައިފައެވެ.
އޮޓޮޕްސީ ވަގުތީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އަބްދުއްރަހްމާން މަރުވީ އޭނާގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.




ގުޅުންހުރި
ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް, ތުހުމަތު
ޖަލު ހެދުމުގައި ޝަރީއަތަށް ހާޒިރުވާން ބައްސާމް ބޭނުމެއް ނުވި
ސިނގިރޭޓު ވައްކަން: ދިހަވަނަ މީހަކަށް ހައްޔަރުކުރީ ބިދޭސީއެއް
ޑްރަގު އެތެރެކުރަން އުޅުނު މައްސަލައެއްގައި 16 މީހަކު ހައްޔަރުކޮށްފި
އިހުސާންގެ އިންޒާރު: ޑްރަގު ވިޔަފާރިވެރިންނަށް ދިރިއުޅެން އުނދަގޫވާވަރު ކުރާނަން
”އޮޕަރޭޝަން އަލިމަގު“ގެ ތެރެއިން 90 މީހަކު ހައްޔަރުކޮށްފި