މާލޭ ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ގަދަކަމުން ހިފަހައްޓައި އަނިޔާކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނީ, މިދިޔަ އަންގާރަ ދުވަހު އެވެ.
ފުލުހުން މިއަދު ބުނީ, އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ހ. ފޯ ސީޒަން, އަހުމަދު އާހިލް މުނާޒު, 19އ. ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.



