އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަނުން (އައިއެމްސީޓީސީ) އިން ރާއްޖޭގައި ބޭއްވި ތަމްރީނު ދިނުމުގެ ސިލްސިލާ ޕްރޮގްރާމްތަކާއި ފިކުރީ ދާއިރާއަށް ހާއްސަ މަސައްކަތު ބައްދަލުވުންތައް ނިންމާލައިފި އެވެ.
މިއީ، ހަރުކަށިކަމާ ދެކޮޅަށް މަސައްކަތްކުރާ ގައުމީ ފަރާތްތަކުގެ ގާބިލިއްޔަތުކަން ކުރިއަރުވައި، ފިކުރީ ސަލާމަތްތެރިކަން ވަރުގަދަ ކުރުމަށް އަމާޒުކޮށް އައިއެމްސީޓީސީން އިސްތިރާޖީ އިސްނެގުމުގެ މަތިން ”ޕްރިވެންޝަން“ ގެ ނަމުގައި ބޭއްވި ތަމްރީނު ޕްރޮގްރާމްތަކެކެވެ.
މި ޕްރޮގްރާމް ނިންމާލުމަށް ”ފިކުރީ ހައްދުފަހަނައެޅުމުގެ އަލާމާތްތަކާއި އޭގެ ނުރައްކާތައް“ މި ނަމުގައި ހާއްސަ ލެކްޗާއެއް ވަނީ ދީފަ އެވެ. ލެކްޗާ ދެއްވީ ސައޫދީ އަރަބިއާގެ އުއްމުލް ޤުރާ ޔުނިވާސިޓީގެ އިސްލާމީ ފިގުހުގެ ދާއިރާގެ ޕްރޮފެސަރު ޑރ. އާރިފު ޢަވަޟް އައްރިކާބީ އެވެ.
ޕްރޮފެސަރުގެ ލެކްޗާގައި ބޮޑަށް ފާހަގަކުރެއްވީ ހަރުކަށި ފިކުރު ގެންގުޅޭކަން ފިކުރީގޮތުން ފުރަތަމަކޮޅު އަންގައިދޭ ކަންތައްތައް ތަހުލީލު ކުރުމަށާއި ތައުލީމީ އަދި އިޖުތިމާއީ މާހައުލުތަކުގައި ހައްދުން ނައްޓައިދިއުމުގެ ފިކުރުތައް އުފެދިގެން ދިއުމުގެ ގޮތްތައް އޮޅުންފިލުވައި ދިނުމުގެ މުހިންމުކަމާއި ހަރުކަށި ފިކުރުގެ ސަބަބުން މުޖުތަމައުތަކުގެ ސަލާމަތާއި އިސްތިގުރާރަށް ހުރި ނުރައްކާތަކެވެ.
ޑރ. ރިކާބީ ދެއްވި ލެކްޗާގައި އަލިއަޅުއްވާ ލެއްވި ނުކުތާތަކުގެ ތެރޭގައި، ފިކުރީ ހައްދުފަހަނައެޅުންތައް މޮނިޓާކުރުމަށް ބޭނުންކުރާ އެންމެ ފާހަގަކޮށްލެވޭ އިލްމީ އާލާތްތަކާއި އެކަށީގެންވާ ތަރުބަވީ ވަސީލަތްތައް ބޭނުންކޮށްގެން އެ ކަންތައްތަކާ ކުރިމަތިލާނެ ގޮތްތައް ހިމެނެ އެވެ. އޭގެ އިތުރަށް، ހަރުކަށިކަން ނައްތާލައި، މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންކުރެވޭ ބައިނަލްއަގުވާމީ ކާމިޔާބު މޮޑެލްތައް ވެސް ހުށަހަޅުއްވައި ދެއްވި އެވެ.
މި ލެކްޗާގައި ޑިފެންސް މިނިސްޓްރީ، ފުލުހުން، ކަސްޓަމްސް އަދި އިމިގްރޭޝަންގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އައިއެމްސީޓީސީގެ ”ޕްރިވެންޝަން“ ޕްރޮގްރާމުގެ އަމާޒަކީ، ފިކުރީ ހޭލުންތެރިކަމުގެ މިންވަރު މަތިކުރުމާއި ރައްކާތެރި ތައުލީމީ މާހައުލުތަކެއް ބިނާކުރުމަށް ކަމުގެ ހާއްސަ މީހުންނަށް މަގުފަހިކޮށްދިނުމާއި ހަރުކަށި ފިކުރުގެ ވިސްނުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި އެ މީހުންގެ ހުނަރުތައް ކުރިއެރުވުމެވެ. އޭގެ ސަބަބުން، ޒުވާނުން ހިމާޔަތްކޮށް، މުޖުތަމައުތަކުގެ ހަމަޖެހުމަށް އެހީތެރިކަން ދިނުމެވެ.




ގުޅުންހުރި
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
ގާސިމްގެ އާއިލާއަށް ނުގުޅަން އޭނާގެ ގާތިލު އަދުހަމަށް އަންގައިފި
ދީނަށް ފުރައްސާރަކުރާ މައްސަލައިގައި އާމިރު ހޯދަން އިއުލާންކޮށްފި
ދުނިޔޭގައި މާ މާތްވެގެން އުޅުނު މީހުން، އާޚިރަތުގައި ނަރަކައަށް!
ގެއެއްގެ ރުކަކުން ވަގަށް 26 ކުރުނބާ އެޅި މީހަކު ޖަލަށް ލާން
އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް އެންޑްރޫ ރަސްކަމުގެ ތަރުތީބުން އުނިކުރުމުގެ މަސައްކަތް